އޭދަފުށީގައި ބޯފެނުގެ މަޝްރޫއު ފަށައިފި

އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަދާފައިވާ ސައިޓް | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ސަރުކާރުން ހަރަދުކޮށްގެން އޭދަފުށީގައި ގާއިމުކުރާ ބޭނުފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އާ އެވެ.

މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދިނީ ހަ މަސްދުވަހެވެ. 74.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މިރަށުގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ.

އަދި މި މޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭއިރު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅާ ދެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

އޭދަފުށީގައި ބޯފެން މިހާރު ބޭނުންކުރަނީ ތާނގީގައި ފެން ރައްކާކޮށްގެންނެވެ. މި ރަށުގައި 3500 މީހުން ދިރިއުޅޭއިރު 600 އެއްހާ ގެ ހުރެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަޙްމަދު ޙުސައިން

    ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުންދާތާ އެތައް ހާސް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް ދިވެހިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދެވިފައި ނެތްކަން އެއީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ސައުވީސް ގަޑިއިރު ކަރަންޓް ޔަގީންވެ، ރާއްޖޭގެ ހުރިހާ ރަށަކަށް ލަފާ ފުރުމުގެ ދަތިކަމަށް ހައްލުލިބި އަދި ރާއްޖޭގެ އާބާދީގެ 75 އިންސައްތަ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެވިގެންދާކަމީ މިއަދު ދިވެހި ރައްޔިތެއްގެ ހައިޘިއްޔަތުން އަޅުގަނޑު އުފާކުރާ ކަމެކެވެ. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.