ތުޅާދޫން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު މީހަކު އަތުލައިގެންފި

ތުޅާދޫ ބަނދަރު ސަރަޙައްދު — ފޮޓޯ: ތުޅާދޫ އޮންލައިން

ބ. ތުޅާދޫއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ތުޅާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 37 އަހަރުގެ ފިރިހެނެވެ.

ފުލުހުން ބުނިގޮތުގައި އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން ފުރައިގެން ބ.ތުޅާދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ތުޅާދުއަށް އެތެރެ ކުރަން އުޅޭ ކަމަށް ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ހިންގި އޮޕަރޭޝަނެއްގައި ތުޅާދޫ ބަނދަރު ސަރަހައްދުންނެވެ.

ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 151 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ދަރަވަންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކުވެސް ދަރަވަންދޫ އެއާޕޯޓުން ވަނީ އަތުލައިގެންފަ އެވެ.

29 އަހަރުގެ އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުގައި ފޮރުވާފައިވަނިކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.