އަމިއްލަ ފުށީގައި ފަޔާ ބްރިގޭޑް ކޯހެއް ފަށައިފި

ސިފައިން އަމިއްލަފުށީ ރިސޮތްގަިއ ކުރިއަށްގެނަދާ ފަޔާ ކޯހުގެ ތެރެއިން. ފޮޓޯ / އެމްއެންޑީއެފް

ބ. އަތޮޅު އަމިއްލަފުށީ ރިސޯޓުގެ މުވައްޒަފުންނަށް ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) އިން އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯހެއް ފަށައިފި އެވެ.

އިއްޔެފެށި މި ކޯހުގައި އަމިއްލަފުށީ ރިސޯޓުގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ ސިފައިންގެ ފަޔާ އެންޑް ރެސްކިއު ޓްރޭނިން ސްކޫލުގައި ވެސް މި ކޯހުގެ ތަމްރީނުތައް ކުރިއަށް ގެންދާނެކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި އަމިއްލަފުށީ ރިސޯޓުގައި މަސައްކަތްކުރާ 17 މުވައްޒަފުން ބައިވެރިވެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ކޯހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ދަސްކޮށްދެވޭނެ އެވެ. އަދި ފިޒިކަލް ޓްރޭނިން، ފަޔާ ބިހޭވިއާ އާއި ފަޔާ ޑިޓެކްޝަން އެލާމް ސިސްޓަމް އާއި ފިކްސްޑް ފަޔާ ފައިޓިން ސިސްޓަމް އާއި ފަޔާ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމް އާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ވެސް މި ކޯހުގައި ދަސްކޮށްދެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ އަމިއްލަފުށީ ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އިންޑަސްޓްރިއަލް ފަޔާ ބްރިގޭޑް ކޯހަކީ އެ ރިސޯޓުގެ ފަޔާ ސްކޮޑް އާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޤަބޫލުކުރާ ފެންވަރަށް ތަމްރީނުކުރުމަށްޓަކައި ހިންގާ ކޯހެއްކަމަސެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ މުދައްރިބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.