ބްރެޒިލްގެ ކޯޗަކާ އެކު އޭދަފުށީގައި އެކަޑަމީ ފަށަނީ

ކުދިންތަކެއް ޓާފު ދަނޑުގައި ފުޓްބޯޅަ ކުޅެނީ. އޭދަފުށީގައި އެކަޑަމީއެއް ހެދުމަށް އަންނަނީ ތައްޔާރުވަމުން. ފައިލް ފޮޓޯ

ދުނިޔޭގެ ބައެއް ގައުމުތަކުގައި ފުޓްބޯޅަ އެކަޑަމީތައް ހަދައި ހިންގަމުން އަންނަ ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް އިން އޭދަފުށީގައި ފުޓްބޯޅަ އެކަޑަމީ ގާއިމުކުރަން ނިންމައިފި އެވެ.

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މެނޭޖަރު މާޖިދު ވިދާޅުވި ގޮތުގައި އޭދަފުށީގައި އެކަޑަމީ ފެށުމުގެ ގޮތުން ބާއްވާ ޓްރޭނިން ސެޝަން އަންނަ ހޯމަ ދުވަހު ހަވީރު މިރަށުގައި އޮންނާނެ އެވެ.

އެގޮތުން އެދުވަހު ޓްރޭއިނިން ފެށުމާ ހަމައަށް އުމުރުން 6 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އޮތީ ހުޅުވާލަައިފަ އެވެ.

“އަންނަ ހަފްތާ ހޯމަ ދުވަހު އޭދަފުއްޓަށް ގޮސް އަޅުގަނޑުމެން ފުރަތަމަ ބާއްވާނީ ޓްރޭނިން ސެޝަންއެއް، އެ ސެޝަންގައި ހިލޭ ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެ. އެއަށްފަހު ޓްރޭނިންގެ ތެރެއިން އެކަޑަމީއަށް ކުދިން ހޮވާނީ،” އޮފިޝަލް ވިދަޅުވި އެވެ.

ދަ ގްރާންޓް އެކަޑަމީން އޭދަފުށީގެ އިތުރުން މ. މުލަކު އާއި ހުޅުމާލެ އަދި މާލޭގައިވެސް އެކަޑަމީތައް ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާޖިދު ވިދާޅުވި ގޮތުގައި ރަށްރަށުގައި އެކަޑަމީގެ މަސައްކަތް ފަށަން ނިންމީ ރަށްރަށުގެ ކުދިންނަށް ވެސް އެންމެ ރަނގަޅު ފެންވަރުގައި ފުޓްބޯޅައިން ކުރިއަށް ދިއުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަދި އެކަޑަމީ ކުރިއަށް ދާނީ ބްރެޒިލް އާއި ސްޕެއިންގެ ކޮލިފައިޑް ކޯޗުންގެ ބެލުމުގެ ދަށުންކަމަށް އޭނާ ވިދާޅުވި އެވެ.

އެކަޑަމީ ފެށުމުގެ ގޮތުން ބާއްވާ ޓްރޭނިން ސެޝަންގައި ރަޖިސްޓްރީވުމަށް ގުޅާނީ މުހައްމަދު ފާސިރު (ފޯން 9661111)، މާޖިދު (ފޯން: 7901016) އާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.