ޑރ ޒިޔާގެ ލިއުންތައް “އީޓީ” އަށް

ޑރ. އަހްމަދު ޒިޔާދު ބާޤިރު
ޑރ. އަހްމަދު ޒިޔާދު ބާޤިރު

މެލޭޝިޔާގެ އެންމެ މަޝްހޫރު ޔުނިވަރ ސިޓީ އޮފް މަލާޔާގެ، އެކަޑަމީ އޮފް އިސްލާމިކް ސްޓަޑީޒް އިން (އިސްލާމިކް ފިޤްހު އާ އުސޫލް) ޕީއެޗްޑީ ހާސިލުކުރައްވައިގެން ހުންނެވި ބ. އޭދަފުއްޓަށް އުފަން ޑރ. އަހްމަދު ޒިޔާދު ބާޤިރު “އީޓީ” އަށް ލިޔެދެއްވަން ފައްޓަވައިފި އެވެ.

މިހާރު ވެސް ދިޓީވީ، ވީޓީވީ އަދި ކެޕިޓަލް ރޭޑިއޯ އިން ކޮންމެ ހަފުތާއަކު ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހުށަހަޅުއްވަމުން ގެންދަވާ، ޑރ. ޒިޔާދު ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު “އީޓީ” އަށް ލިޔެދެއްވާ ދީނީ ކޮލަމްގައި، އިސްލާމީ ފިގުހު އާއި ޘަގާފަތާބެހޭ ގޮތުން ކިއުންތެރިންނަށް ބޭނުންވާ އަދި ޝައުގުވެރިވާ އެކި މައުލޫއުތަކަށް ލިޔުއްވައިދެއްވާނެ އެވެ.

ޑރ އަހްމަދު ޒިޔާދު އަކީ އިސްލާމިކް ސްޓްޑީޒްގެ (އިސްލާމިކް ފިޤްހު އާ އުސޫލް) ރޮނގުން ބ. އޭދަފުށީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅާ އެވެ.

ބ. އޭދަފުއްޓަށް އުފަން ދީނީ އިލްމުވެރިޔާ 2009ވަނަ އަހަރުން ފެށިގެން 2012ވަނަ އަހަރުގެ ނިޔަލަށް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ޝަރީޢާ އެންޑް ލޯގެ ޑީންކަން ކުރައްވާފައިވެއެވެ. މިހާރު ހުންނެވީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރ ސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ސީނިއަރ ލެކްޗަރ ގެ މަގާމުގަ އެވެ. ދިވެހި ރާއްޖޭގެ ފިޤްހު އެކަޑަމީ އުފެދުނީންސުރެ މިއަދާހަމައަށް އެކަޑަމީގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، އޭނާ ގެންދަވަނީ ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުންނެވެ. އަދި މީގެ އިތުރުން  އެމް.ބީ.ސީ ގެ ދެޗެނަލް ކަމަށްވާ ޓީ.ވީ.އެމް. އަދި ރޭޑިޔޯ މޯލްޑިވްސްގެ، އިސްލާމިކް ކޮންސަލްޓަންޓެއްމެ މަޤާމު ފުރުމުގެ އިތުރުން، ދިޓީވީގައި ކޮންމެ އާދީއްތަ ދުވަހުގެ ރޭ “ރަގަޅުގޮތް” ގެނަސްދެއްވުމާއެކު، ވިލާ.ޓީ.ވީގެ އިސްލާމީ ޕްރޮގުރާމްތަކަށްވެސް މައުލޫމާތު ދިނުމުގެ އިތުރުން ކެޕިޓަލް ރޭޑިޔޯއިންވެސް އިސްލާމިކް ޕްރޮގުރާމްތައް ވެސް ގެނަސް ދެއްވަމުން ނެވެ.

ޑރ. ޒިޔާދު، 1999 ވަނަ އަހަރު ޔަމަނުގެ ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީންގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންއިން، ފުރަތަމަ ޑިގްރީ ކިޔަވައިވިދާޅުވިއިރު، އޭނާ ވަނީ އެ ފަކަލްޓީގެ އެންމެ މޮޅު ދެ ވަނަ ދަރިވަރުގެ މަގާމު ހޯއްދަވާފަ އެވެ. އަދި އަރަބިއްޔާގައި އޯލެވެލް ކިޔަވައިވިދާވިއިރު އެ ސްކޫލުން އަޚްލާގީގޮތުން އެންމެ ރަނގަޅު ދަރިވަރުގެ މާގާމުވެސް އޭނާ އަށްވަނީ ލިބިވަޑައިގެންފަ އެވެ.

މީގެ އިތުރުން، 2001ވަނަ އަހަރުން 2003ވަނަ އަހަރުގެ ނިޔަލަށް ހޮސްޓެލްގެ ސުޕަވައިޒަރުކަން ކުރެއްވުމާއި، 1999ވަނަ އަހަރުން 2003ވަނަ އަހަރުގެ ނިޔަލަށް ހޮސްޓެލްގެ ފުޑުކޮމެޓީގެ ޗެއާރމަންކަންވެސް ވަނީ ކުރައްވައިފަ އެވެ.

މެލޭޝިޔާގެ ޔުނިވަރ ސިޓީ އޮފް މަލާޔާގެ، އެކަޑަމީ އޮފް އިސްލާމިކް ސްޓަޑީޒް އިން މަހަކު އެއްފަހަރު ނެރެމުންދާ މަޖައްލާ އެއްކަމުގައިވާ “އަލްފިޤްހު” މި މަޖައްލާ އަށް ވެސް ޢަރަބި ބަހުން ޑރ ޒިޔާދު ވަނީ ލިޔުންތަކެއް ލިޔުއްވާފަ އެވެ. އޭގެތެރޭގައި “ފިޤްހީ މައްސަލަ ތަކުގައި ޚިލާފް އުފެދެން ދިމާވާ ސަބަބު”، “ފިގުހީ ދެބަސްވުންތަކަށް ސްލޫކީ ނަޒަރަކުން” އަދި “ފިގުހީ ދެބަސްވުންތަކުގެ ސަބަބުން ދިވެހި މުޖްތަމަޢްއަށް ކުރާ އަސަރުތައް” ހިމެނެ އެވެ.

އަދި އޭގެ އިތުރުން “ހައްޖު އުމުރާއަށް މަގެއް” މި ނަމުގައިވެސް ޒިޔާ ވަނީ ފޮތެއް ޝާއިއުކޮށްފަ އެވެ. އަދި “ކާމިޔާބީގެ ތަޅުދަނޑި” ގެ ނަމުގައި އޭނާ މިހާރު ގެންދަވަނީ އިތުރު ފޮތެއް ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

7 ކޮމެންޓް

  1. Ahmed

    ހަގީގަތުގައިވެސް މިއަދު އީޓީ އަށް ވަދެލައިފައި އަޅުގަނޑޫ ވަރަށް އުވފާވެއްޖެ. ދީނީ ކޮލަމަކަށް އޭދަފުއްޓަށް އުފަން ދީނީ އިލުމުވެރިޔަކު ލިއުއްވަން ފެއްޓިވީތި. މިއީ މި ސައިޓް ވުޖޫޖައް އައީސުއްރެ އަޅުގަނޑޫ ދެކެމުން އައި ހުވަފެނެއް. ޒިޔާ އަށް މަރުހަބާ

    ރައްދު
  2. Dr

    މަރުޚަބާ. ޑރ. ޒިޔާ، ތީ މިއަދު އޭދަފުށީ ބޭނުންވާ ދަރިންނަކީ. ވަރަށް ވަރަށް އުފާވެއްޖެ ދީނީ ކޮލަމެއް އީޓީގައި އިތުރުކޮށްދެއްވައި ލިޔުއްވަން ފެއްޓިވީތީ، އުފާވެރި ދުވަސްތަކަކަށް އެދެން

    ރައްދު
  3. އޭދަފުށީ ބޯއީ

    އުފާވެރި ޚަބަރެއް. އުއްމީދު ކުރަން އޭދަފުށީގެ ޑރ. އަބްދުއްސައްތާރު ޔޫސުފުމެން ފަދަ ބޭފުޅުންގެ ލިޔުއްވުންތައްވެސް ރަށޫގެ މި ސައިޓުން ފެނިގެންދާނެ ކަމަށް

    ރައްދު
  4. atholehy

    ޒިޔާދަކީ ހަމައެކަނި ދީނީ ޢިލްމުވެރިއެއް ނޫން. އޭނާ ވަނީ 1999 ވަނަ އަހަރު ބޭއްވި ފުޓްބޯޅަ ރެފްރީން ތަމްރީން ކުރުމުގެ ކޯހުގައި ބައިވެރިވެ، ރަނގަޅު ނަތީޖާއެއްވެސް ހޯދާފަ. އަދި ފުޓްބޯޅަ ރެފްރީކަމުގައިވެސް ގިނަ ކުރިއެރުންތަކެއް ހޯދާފަ. މީ ގިނަ މީހުންނަށް ނޭނގި އޮތް ސިއްރެއް. އެކަމަކު އަޅުގަނޑާއެކު ކޯސް ހަދާ، ގިނަ މެޗުތަކެއްގައި ދެމީހުން އެކުގައި އިންސާފު ކުރުމުގެ ފުރުސަތު ލިބިފައިވާތީ މިކަން ފާހަގަ ކޮށްލީ. ޒިޔާއަށް ވަރަށް ބޮޑަށް މަރުޙަބާ. ބ. އަތޮޅުގެ ދަރިއަކު ބ. އަތޮޅުގެ ވެބްސައިޓްގެ ދީނީ ކޮލަމަށް ލިޔުން އެއީ ހަމަގައިމުވެސް އަޅުގަނޑު ފަޚުރުވެރިވާ ކަމެއް. ޝުކުރިއްޔާ ޒިޔާ….

    ރައްދު
  5. އަޙްމަދު ރަޝީދު ސީޓް

    ޑރ. އަހްމަދު ޒިޔާދު ބާޤިރު އަށް މަރްޙަބާ. އޭދަފުށީގެ އުފަން ދަރީން، އޭދަފުއްޓަށް ޚިދުމަތް ކުރެއްވުމަކީ ނުހަނު އުފާވާ ކަމެއް. ޑރ. އަހްމަދު ޒިޔާދު ބާޤިރު ފަދަ ތަޢުލީމީ ޤާބިލް ބޭފުޅުންގެ ފުރިހަމަ އެހީތެރިކަން، މިއަދުގެ ޒުވާން ޖީލަށް ވަރަށް މުހިންމު ކަމުގައި ޤަބޫލުކުރަން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.