ތުޅާދޫ ޕޮލިސް ސްޓޭޝަނާއި އެރަށު ސްކޫލު ގުޅިގެން ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ތުޅާދޫ ސްކޫލުގެ ގްރޭޑް 4،5، އަދި 6 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިދިޔަ އާދީއްތަ ދުވަހު ފެށި މި ޕްރޮގްރާމުގައި 35 ދަރިވަރުން ބައިވެރިވެ އެވެ.
މި ޕްރޮގްރާމުގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދެނީ ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.
ފުލުހުން ބުނި ގޮތުގައި މި ޕްރޮގްރާމަކީ ސްކޫލްތަކުގެ އާ މަންޙަޖުުގައިވާ ގޮތުން ކޮންމެ ދަރިވަރަކީވެސް ފަތަން ދަންނަ ދަރިވަރަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ފުލުހުންވަނީ ވަރަށް ފަހުން ބ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށާއި ކިހާދޫ ސްކޫލުގެ ސްކޫލުގެ ދަރިވަރުންނަށްވެސް ފަތަން ދަސްކޮށްދީފަ އެވެ.