ދަރަވަންދޫގައި ކުލަގަދަކޮށް އީދު ފާހަގަ ކުރަނީ

އީދު ފާހަގަ ކުރުމުގެ ގޮތުން ރަށެއްގަިއ ސަގާފީ ކުޅިވަރެއް ކުޅެނީ. މިއަތޮޅު ދަރަވަންދޫގަިއ އަންނަ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރަން ދަނީ ތައްޔާރުވަމުން

އަންނަ ބޮޑު އީދު ދަރަވަންދޫގައި ކުލަގަދަކޮށް ފާހަގަކުރަން އެރަށު ކައުންސިލުން ތައްޔާރުވެއްޖެ އެވެ.

ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ މާިދު ވިދާޅުވީ، ކައުންސިލުން އިސްނަގައިގެން ރައްޔިތުންނާ ގުޅިގެން މިފަހަރުގެ ބޮޑު އީދު ވެސް އެރަށުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން އީދު ކުޅިވަރުތަކަށް ފައިސާ ހޯދުމުގެ ގޮތުން ފަންޑް ރައިސް ކުރުމަށް މިރެއާ މާދަމާރޭ އެރަށުގައި ހާއްސަ މިއުޒިކް ޝޯތަކެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަވަންދޫ ކައުންސިލްގެ ފަރާތުން މިއަހަރުގެ އަޟްހާ ޢީދު ފާޙަގަ ކުރުމަށް ފަންޑް ހޯދުމަށް ބާއްވާ ޝޯ ގެ ޕޯސްޓަރެއް

ދަރަވަންދޫ ކައުންސިލުން ބުނީ ފަޖުރުތަރި 2 ގެ ނަމުގައި ބާއްވާ އެ ޝޯ ތަކަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މާޖިދު ވިދާޅުވި ގޮތުގައި އަންނަ ބޮޑު އީދު އެރަށުގައި މިއުޒިކް ޝޯގެ އިތުރުން ތަފާތު ކުޅިވަރުތަކާ އެކު ސަގާފީ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ރާވާފަ އެވެ.

އޭނާ ވިދާޅުވީ، ކައުންސިލުން އިސްނަގައިގެން ދަރަވަންދޫގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމީ ރާއްޖޭގައި ކުރިން ފެންނަމުން ދިޔަ ޢީދު ކުޅިވަރުތައް މިހާރު އުވެމުންދާތީ އެފަދަ ކަންކަން އާލާކޮށް ދިރުވައި، އާންމުންނާއި ކުޑަކުދިންނަށް އީދުގެ އުފާ ފުރިހަމައަށް ހޯދައިދިނުމަށް ކަމަށެވެ.

ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.