ރައީސަށް އޮތް ތާއީދު ދައްކާލުމަށް ހާއްސަ ހަރަކާތްތަކެއް

މިދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ޕީޕީއެމް ބޭއްވި ސައިކަލު ބުރުގެ ތެރެއިން | އީޓީ ފޮޓޯ: ރާއިފް ޔޫސުފް

ރައީސް އަބްދުﷲ ޔާމީންއާ އެކު ތިބިކަން ހާމަކުރުމަށް “ތަރައްޤީއާ އެކު ރައްޔިތުން” ގެ ނަމުގައި ބ. އޭދަފުށީ ހިމެނޭގޮތަށް މާލޭ އާއި 25 ރަށެއްގައި ހަރަކާތްތަކެއް ހިންގުމަށް ޕީޕީއެމުން ނިންމައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަށްތަކުގައި ހޮނިހިރު ދުވަހު ހަވީރު 4:00 – 6:00 އަށް ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި މާލޭގައި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހާއި ހޯމަ ދުވަހު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް އިން ބުނީ ބައެއް ރަށްރަށުގައި ސައިކަލް ބުރާއި ހިނގާލުންތަކާއި އެއްވުންތައް ބާއްވައި ޝުއޫރު ފާޅުކުރުން ފަދަ ކަންކަން އޮންނާނެ ކަމަށެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންގެ ހަވީރާއި މިއުޒިކް ޝޯތައް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޕީޕީއެމުން ބުންޏެވެ.

“މީގެ ބޭނުމަކީ ރައީސް ޔާމީނާއެކުގައި ރައްޔިތުން ތިބިކަން ހާމަކޮށް ދިނުން،” އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން ހިންގާ ހަރަކާތްތަކުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީއަށް ނުވަ އަހަރު ފުރުމާއި ރައީސް އަބްދުﷲ ޔާމީން ގައުމަށް ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމާއި އިދިކޮޅު ފަރާތްތަކުން ގައުމު ހަލަބޮލިކޮށް، ގައުމުގެ އަމާންކަން ނަގާލަން ކުރާ މަސައްކަތްތަކަށް ރައްޔިތުން ޖާގަ ނުދޭނެކަން ހާމަކޮށްދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.