ސަރުކާރަށް އޮތް ތާއީދު ދައްކާލުމަށް ސައިކަލު ބުރެއް ބާއްވައިފި

އޭދަފުށީގައި ބޭއްވި ސައިކަލު ބުރުގައި ޕީޕީއެމްގެ ސަޕޯޓަރުން ބައިވެރިވަނީ- ފޮޓޯ / ތޯރިގް

ސަރުކާރަށް އޮތް ތާއީދު ދައްކާލުމަށާއި ރައީސް ޔާމީނާއެކު ރައްޔިތުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ޕީޕީއެމުން އޭދަފުށީގައި މިއަދު ހަވީރު ސައިކަލު ބުރެއް ބާއްވައިފި އެވެ.

“ތަރައްގީއާ އެކީގައި ރައްޔިތުން”ގެ ނަމުގައި މިއަދު ހަވީރު މި ރެލީ 25 ރަށެއްގައި ޕީޕީއެމުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އޭދަފުށީގައި ބޭއްވި ސައިކަލު ބުރުގައި ޕީޕީއެމްގެ ސަޕޯޓަރުން ބައިވެރިވަނީ- ފޮޓޯ / ތޯރިގް

މި ރެލީއަށް ހުރިހާ ރަށަކުންވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޕީޕީއެމުން ބުނި ނަމަވެސް، ޕީޕީއެމަށް ބޮޑު ތާއީދެއް އޮންނަ މިރަށުން މި ރެލީގައި ބައިވެރިވި މީހުންގެ އަދަދު މަދުކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މި ރެލީން ފެނިފައިވަނީ ގާތްގަޑަކަށް 27 އަކަށް ސައިކަލެވެ.

މިއަދު ހަވީރު ބޭއްވި މި ސައިކަލު ބުރުގެ ބައިވެރިވެރިން ވަނީ، ސަރުކާރުން ގެނެސްދީފައިވާ ތަރައްގީގެ ބެނާ ބޯޑުތައް ދައްކާލާފަ އެވެ. އެގޮތުން ޕީޕީއެމް އޭދަފުށީ އޮފީސް ކައިރިން ސައިކަލު ބުރު ފަށައިގެން ގޮސް ރައީސް ޔާމީން ގެނެސްދީފައިވާ ތަރައްގީ ހިމެނޭ ލަވަތައް ޖަހަމުން ރަށު ތެރޭގައި ދުއްވުމަށްފަހު، ނިންމާލީ ރަށުގެ ބަނދަރު ސަރަހައްދުން ސްޓޭޖް ސަރަހައްދަށެވެ.

އެސްޓީއޯ އިން ބޭއްވި ކުޑަކުދިންގެ ހަވީރު
އެސްޓީއޯ އިން ބޭއްވި ކުޑަކުދިންގެ ހަވީރު

މި އިވެންޓާ ގުޅުވައިގެން އެސްޓީއޯއިން މިއަދު ހަވީރުވަނީ “ކުޑަކުދިންގެ އުފާ” ގެ ނަމުގައި އޭދަފުށިގައި ކުޑަކުދިންގެ ހަވީރެއްވެސް ބާއްވައިފަ އެވެ. ގިނަ އަދަދެއްފގެ ކުޑަކުދިންނާއި އާއްމުން ޒިޔާތްކުރި މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ކުޅިވަރުތަކުގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތަކެއްވެސް ކުރިއަށްދިޔަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.