ޑރ.ޝާންގެ މެޑިކަލް ކޭމްޕަށް ބޮޑު ތަރުހީބެއް

އޭދަފުށީގައި ބޭއްވި މެޑިކަލް ކޭމްޕުގައި ޑރ. ޝާން ބަލި މީހަކު ބަލަނީ –ފޮޓޯ އީއެމްސީ

ބ. އޭދަފުށީ މެޑިކަލް ސެންޓަރުން މި ހަފުތާ ބަންދުގައި ބޭއްވި މެޑިކަލް ކޭމްޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މި ކޭމްޕްގައި މިވަގުތު ރާއްޖޭގައި ހުންނެވި ކަށީގެ އެންމެ މޮޅު ސްޕެޝަލިސްޓް ޑޮކްޓަރު ޔޫސުފް ޝާން ބަލި މީހުން ބަލައި އިރުޝާދު ދިނެވެ. އޭގެ ތެރޭގައި ހުރިހާ އުމުރެއްގެވެސް ކާށީގެ މައްސަލަތަށް ހުންނަ ފަރާތްތަކަށް ތަފާތު އިރުޝާދު ދިނުމާއި އެފަދަ ބަލިތަކަށް ބޭނުންވާ ފަރުވާދެއްވި އެވެ.

މި ކޭމްޕުގައި ބައިވެރިވި ޑޮކްޓަރު ޔޫސުފް ޝާން ވިދާޅުވި ގޮތުގައި ރައްޔިތުންނާ ވީހާ ވެސް ގާތުން ސިއްހީ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ، ރައްޔިތުން ކިހާ ބޮޑަކަށް ބޭނުންވެފައި ތިބި ކަމެއް ކަން މިފަދަ ކޭމްޕުތަކުން ވަޒަން ކުރެއްވެ އެވެ.

މެޑިކަލް ސެންޓަރުގެ އޮފިޝަލް ވިދާޅުވި ގޮތުގައި އޭނާގެ މެޑިކަލް ސެޓަރުން މިފަދަ ކޭމްޕުތައް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ، މި ސަރަހައްދުގެ ރައްޔިތުން މާލެ ދިއުމަށްޓަކައި ކަނޑުމަތީގައި އުފުލާ ބުރަތަކާއި މާލޭގައި ސިއްހީ ޚިދުމަތްތައް ހޯދުމަށްޓަކައި ކުރަންޖެހޭ ހޭދަތައް ނުކޮށް، އަމިއްލަ ރަށުގައި ބައިތިއްބައިގެ އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި މިއީ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް ބާއްވާ ކޭމްޕުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭދަފުށީގައި ބޭއްވި މެޑިކަލް ކޭމްޕުގައި ޑރ. ޝާން ބަލި މީހަކު ބަލަނީ –ފޮޓޯ އީއެމްސީ

އޭދަފުށީގައި މި ކޭމްޕުން ޚިދުމަތް ހޯދި ހއ އަތޮޅުގެ އަންހެނަކު ބުނި ގޮތުގައި މިފަދަ ކޭމްޕެއްއ މެދުވެރިކޮށް ފަސޭހައިން ޝާން އަށް ދެއްކުމަށް އެޕޮއިންޓްމެންޓް ލިބުމަކީ ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

“މާލެއިންނަމަ ޑރ ޝާންގެ އެޕޮއިންޓްމަންޓެއް ލިބޭތޯ އެތައް މަސްތަކެއް އިންތިޒާރުކޮށް ގިނަދުވަހު މާލޭގައި ތިބުމަކީ ވަރަށް ބޮޑު ތަކްލީފެއް. އޭދަފުށިން ޑރ ޝާންއަށް ދެއްކޭގޮތް ވުމަކީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް، އެމްއާރުއައި ހެދުން ނޫންހުރިހާ ކަމެއް އޭދަފުށިން ވި،”

ނ ލަންދޫ މީހަކު ބުނީ އޭދަފުށީ މެޑިކަލް ސެންޓަރު މެދުވެރިކޮށް ޝާން އަށް އެޕޮއިންޓްމެންހޯދަން މާ ފަސޭހަ ކަމަށާ ޝާން އަށް ދައްކަން ދެން މާލެ ނުދާނެ ކަމަށެވެ.

“އަދި މާ ހަރަދު ކުޑަކޮއް ޑރ އަށް ދައްކާލާއި އާދެވޭ، އޮޕަރޭޝަނަކަށް ދާންވިޔަސް އެކަންކުރުމުގެ މަގުމާ ފަސޭހައިން ފަހިވޭ.”

މިއަތޮޅު ކެންދޫ އޭނާގެ މަންމަ ޑރ ޝާން އަށް ދެއްކުމަށް މަސައްކަތް ކުރާތާ ތިން މަސްވެއްޖެ ކަމަށައި ނަމަވެސް އޭދަފުށީ މެޑިކަލް ސެންޓަރު މެދުވެރިކޮށް އެކަން ވަރަށް ފަސޭހައިން ހަމަޖެހިއްޖެ ކަމަށެވެ.

“ކުއްލިއަކަށް ފެނުނީ ނޫހުން ޝާން އޭދަފުއްޓަށް ވަޑައިގަންނަވާ ކަމަށް. އިރާދަކުރެއްވިއްޔާ މިއަދު މިދެއްކުނީ، ވަރަށް ބޮޑަށް އުފާވެއްޖެ އަދި ފަރުވާއާއިގެން ކުރިއަށް ދިއުމަށް ކިތަންމެ ތަނެއް އަވަސްވެއްޖެ. ޝުކުރިއްޔާ ވަރަށް ބޮޑަށް އޭދަފުށީ މެޑިކަލް ސެންޓަރަށް މިފަދަ އަގުހުރި ހިދުމަތް ފޯރުކޮށްދޭތީ،” އިއްޔެ ޝާން އަށް ދައްކަން ގޮސްހުރި ކެންދޫ މީހަކު ބުންޏެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ކަށީގެ ބަލިތަކަށް ހާއްސަ ކޭމްޕްގެ އިތުރުން އެކި އެކި މެޑިކަލް ސެންޓަރުތަކާ ގުޅިގެން ތަފާތު އެކި ދާއިރާތަކަށް ހާއްސަ މެޑިކަލް ކޭމްތައްވެސް އަންނަނީ ބާއްވަމުންނެވެ.

އޭދަފުށީ މެޑިކަލް ސެންޓަރުން ބުނީ އާސަންދަ ހަމަޖެހޭތޯ ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް އަދި ކާމިޔާބުވާގޮތް ނުވާކަމަށެވެ.

“އާސަންދަ ހަމަޖެހިއްޖެ ނަމަ ރައްޔިތުން ހިތްއުފާވާ ވަރަށް ތަފާތު ދާއިރާތަކުން ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ކްލިނިކުން ލިބޭނެ، އަދި އާއްމު ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.