މާޅޮހުގައި ޕްލާސްޓިކް ރިސައިކަލް ކުރަން ފަށައިފި

މާލޮހު މަގެއްގައި ކުއްޖަކު ބައިސްކަލު ދުއްވާފައި އަންނަނީ. އެރަށުގައި އިއްއެ ވަނީ ޕްލާސްޓިކް ރީސައިކަލު ކުރަން ފަށާފައި

ބ. މާޅޮހުގައި ޕްލާސްޓިކް ފުޅިއާއި ޕްލާސްޓިކުގެ ބާވަތްތަކުން އުފެދޭ ކުނި ރިސައިކަލު ކުރަން ނިންމައިފި އެވެ.

ތިމާވެއްޓާ ރައްޓެހި އަޒުމުގައި މަސައްކަތް ފެށުމަށް އެ ރަށުގައި އިއްޔެ ވަނީ ސްކޫލު ދަރިވަރުންނާއި އާއްމުންނަށް ހާއްސަ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

މާޅޮހު ކައުންސިލުގެ ރައީސް ވިދާޅުވީ މާދަމާ އިން ފެށިގެން އެ ރަށުގައި ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނުމަށްފަހު، މިހާރު އަމާޒު ހިފާފައި ޕްލާސްޓިކްގެ އެހެނިހެން ބާވަތްތައް ރީސައިކަލް ކުރުމަށް ކަމަށެވެ. މިއީ، އުކާލެވޭ ޕްލާސްޓިކް ކުނި ބޭނުންކޮށްގެން ތަކެތި އުފައްދައި، އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމާއަތެއްކަމަށްވާ “ޕާލޭ ފޯ ދަ އޯޝަން” އާ އެރަށު ކައުންސިލާ އެކު ފެށި މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕްލާސްޓިކް ރީސައިކަލް ކުރުމުގެ ޕްރޮގްރާމެއް މާޅޮހައި ފެށިއިރު، މިދިޔަ އަހަރު ވަނީ ރާއްޖެ އެތެރެކުރާ ޕްލާސްޓިކް ކޮތަޅު މަދުކޮށް ދިވެހި މުޖުތަމައުން ޕްލާސްޓިކް ކޮތަޅު ނައްތާލަން މޯލްޑިވްސް ގޭޓް އަވޭސްއިން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލުމުގެ ކެމޭޕޭނެއްވެސް ފަށައިފަ އެވެ. އިއްޔެ ވަނީ އެ ކެމްޕޭނުގެ ދަށުން އެރަށު ގޭގެ އަށް ތިމާވެއްޓާ ރައްޓެހި ގިނައިން ބޭނުންކުރެވޭ ރިޔޫޒަބަލް ކޮތަޅު ވެސް ބަހައިފަ އެވެ.

އާބާދީގައި ގާތްގަނޑަކަށް 600 އެއްހާ މީހުން ދިރިއުޅޭ މާޅޮހު ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ތިމާވެށީގެ ހިމާޔަތުގައި ފަށާފައިވާ މަސައްކަތުގައި މި އަހަރު އެ ރަށުގައި ވަރަށް މުހިއްމު އެހެން މަޝްރޫތައް ވެސް ކުރިއަށް ގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.