ރިޒޯޓަށް ނޭރުވުމުން ފައިނަލް މެޗު ފަސްކޮށްފި

ސޮނެވާގެ ޝޮޓެއް ބްލޮކްކުރަން އަމިއްލަފުށިން މަސައްކަތް ކުރަނީ. ފޮޓޯ / އިންތި ހަބޭސް

އިންޓަ ރިޒޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ފައިނަލުގައި މިއަދު ހަވީރު ސޮނޭވާފުށްޓާއި އަނަންތަރާ ކިހާވަށް ވިލާސް ސޮނޭވާފުށީގައި ކުޅެން އޮތް ފައިނަލް މެޗަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ އިސް އޮފިޝަލުންތަކަށް އެ ރަށަށް އެރުމުގެ ހުއްދަ ނިލިބުމުން ފައިނަލް މެޗު ފަސްކޮށްފި އެވެ.

އިންޓަ ރިޒޯޓް މުބާރާތު ކޮމިޓީގެ ޗެއާމަން މުހައްމަދު ޝާފީ “މިހާރު” އަށް ވިދާޅުވި ގޮތުގައި ފައިނަލް މެޗަށް އެސޯސިއޭޝަނުގެ އެކްސްކޯ މެމްބަރުންތަކަށް ސޮނޭވާފުށްޓަށް އެރުމުގެ ހުއްދަ އެ ރިޒޯޓުން ނުދިނެވެ.

“އެރިދާނެ ކަމަށް ބަލައި އަޅުގަނޑުމެން އެ އޮފިޝަލުންނާ އެކު އަދި ލައިވްކުރަން ޓީވީ ކްރޫއަކާ އެކު މިއަދު ބ. ދަރަވަންދޫ އަށް މިއައީ. އެކަމަކު މިއަދު މެންދުރު ރިޒޯޓުން ފައިނަލް ޖަވާބު ދިނުމުން އަޅުގަނޑުމެން ނިންމީ މެޗު ކެންސަލްކުރަން. އޭގެ ފަހުން އަނެއްކާ އެބަބުނޭ ކުޅެވިދާނެޔޭ. އެކަމަކު ދެން ނެތް ވަގުތެއް،” ޝާފީ ވިދާޅުވި އެވެ.

ޝާފީ ވިދާޅުވީ ބައެއް އޮފިޝަލުންތަކަށް އެ ރަށަށް ނޭރޭނެ ކަމަށް ރިޒޯޓުން ބުނަން ފެށީ އިއްޔެ ކަމަށާއި އެކަން ހައްލުކުރެވޭތޯ އެކި ގޮތްގޮތުން ވާހަކަދައްކައި މަޝްވަރާކުރި ކަމަށެވެ. އެކަމަކު ވެސް ރިޒޯޓުން ދިޔައީ ތަފާތު އުޒުރުތައް ދައްކަމުން ކަމަށް ޝާފީ ވިދާޅުވި އެވެ. އޭގެ ތެރޭގައި ރިޒޯޓްއޮތީ ފުލްކޮށް ކަމަށް ބުނުން ހިމެނެ އެވެ.

އޭނާ ވިދާޅުވީ މުބާރާތް ބޭއްވުމުގެ ފުރުސަތު ރިޒޯޓަކަށް ދޭއިރު ހުޅުވުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތަށް އެސޯސިއޭޝަނުންނާއި ކުޅިވަރާ ބެހޭ މިނިސްޓްރީން އޮފިޝަލުން ދާނެކަން އަންގާފައި އޮންނާނެ ކަމަށެވެ.

ސޮނޭވާފުށިން ބުނީ ފައިނަލް މެޗު ޓެކްނިކަލް ސަބަބަކާ ގުޅިގެން ފަސްކޮށްފައިވާ ކަމަށާއި މިއީ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކުރާ މުބާރާތަކަށްވާތީ މައުލޫމާތު ދޭނީ އެސޯސިއޭޝަނުން ކަމަށެވެ.

ފައިނަލް މެޗު ބާއްވާނެ ދުވަހަކާއި ރަށެއް އަދި ނުނިންމަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަލީ

    ތިމުބާރާތަކީ ވޯލީ ބޯލް އެސޯޝޯޢެޝަން ގެ މީހުން ރިސޯޓް ތަކަސް ގޮސް މަޖާކުރަން ބާއްވާ މުބާރާތެއް. ރަގަޅު ވާނީ ނުބޭއްވިއްޔާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.