ކިހާދޫ ސްކޫލުގެ ޑިނާ ނައިޓް އަންނަމަހު

ކިހާދޫ ސްކޫލުގައި ކުރިން ބޭއްވި ޑިނާ ނައިޓެއްގެ ތެރެއިން. މި އަހަރުގެ ޑިނާ ނައިޓް އޮންނާނީ އަންނަމަހު

ކިހާދޫ ސްކޫލުގެ ޕީޓީއޭ އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޑިނަ ނައިޓް އަންނަމަހުގެ 22 ވަނަ ދުވަހުގެރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

2010 ވަނަ އަހަރުން ފެށިގެން “ދިވެހި ސުފުރާ” ގެ ނަމުގައި ބާއްވަމުން އަންނަ މި ޑިނާ ނައިޓަކީ އެ ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ.

ބ. އަތޮޅުގެ ރިސޯޓުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ދިވެހި ރަހަތާކާއެކު ބާއްވަމުން އަންނަ މި ބޮޑު ޖާފަތަކީ، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ވަރަށްބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ހަރަކާތެކެވެ.

ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، ކިހާދޫގެ އާންމު ރައްޔިތުންނާއި ސްކޫލުކުދިން އަދި އަތޮޅުތެރޭގެ ރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ އަހަރަކުވެސް މި ޑިނާ ނައިޓަށް ޒިޔާރަތް ކުރެ އެވެ.

ކިހާދޫ ރައްޔިތުން ގުޅިގެން، އަތޮޅު ތެރޭގެ ބައެއް ރިސޯޓުތަކުގެ އެހީއާއި އެކު، އެތައްދުވަހެއްގެ ބުރަމަސައްކަތުން ބާއްވަމުން އަންނަ މި ހަރަކާތުގެ ސަބަބުން ކޮންމެ އަހަރަކުވެސް ބޮޑު އާމްދަނީއެއް އެ ސްކޫލުގެ ޕީ.ޓީ.އޭ އަށް ލިބެ އެވެ.

ޑިނާ ނައިޓުގެ ޓިކެޓެއް ވިއްކަނީ 150ރ. އަށެވެ.

މިދިޔަ މަހު ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގަިއ ވެސް ޑިނާ ނައިޓެއް ބާއްވައިފަ އެވެ. އެ ޑިނާ ނައިޓުން ފައިދާގެ ގޮތުގައި 37000 ރުފިޔާ ވަނީ ލިބިފައިވާ ކަމަށް އެ ސްކޫލުގެ ޕީޓީއޭ އިން ބުނެ އެވެެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.