ޒޯން ފަހެއްގެ ޗެމްޕިއަންކަން ސޮނެވާފުއްޓަށް

ޒޯން 5 ގެ ޗެމްޕިއަން ސޮނެވާފުށީ ޓީމު ތައްޓާއެކު އުފާ ފާޅުކުރަނީ

ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން އަނަންތަރާ ކިހާވަށް ވިލާސް ބަލިކޮށް ސޮނެވާފުށީ ރިސޯޓުން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗު ސޮނެވާ އިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އެ ޓީމުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-21، 25-22، 25-16 އަދި 25-22 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނެވާފުށީ ރިސޯޓްގެ އަލީ ހުޒާމު އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަނަންތަރާ އަށް ކުޅޭ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

ޒޯން ފަހެއްގެ ޑްރީމް ޓީމް؛
ބެސްޓް އައުޓް ސައިޑް އެޓޭކަ: އަލީ ހުޒާމް (ސޮނެވާފުށި)
ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަ: ސުމެދާ (ސޮނެވާފުށި)
ބެސްޓް މިޑްލް ޕްލޭޔަ: މުހައްމަދު އަގީލް (ސޮނެވާފުށި)
ސެކަންޑް ބެސްޓް މިޑްލް ޕްލޭޔަ: މުހައްމަދު އަހްސަން (އަމިއްލަފުށި)
ބެސްޓް ސެޓަރު: އިޝާން މުހައްމަދު (އަމިއްލަފުށި)
ބެސްޓް އޮޕަސިޓް ޕްލޭޔަރު: ހަސަން ނިލާމު (އަމިލްލަފުށި)
ބެސްޓް ލިބަރޯ ޕްލޭޔަރު: މުހައްމަދު އަސްލަމް (ސޮނެވާފުށި)
އެންމެ އުއްމީދީ ކުޅުންތެރިޔާ: ހުސައިން ރަޒާން (ސޮނެވާފުށ)

މި ޒޯންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަނަންތަރާގެ ކޯޗު އަބްދުﷲ ނަޝީދު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.