ކެންދޫ ކައުންސިލުން އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލުކޮށްފި

ކެންދޫ ކައުންސިލުން އެޑިުކޭޝަން މިނިސްޓަރާ އިއްޔެ ބައްދަލުކުރައްވަނީ– ފޮޓޯ/އެޑިޔުކޭޝަން

ބ. ކެންދޫ ކައުންސިލުން އޭޑިޔުޚޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމާ ބައްދަލުކުރައްވައިފި އެވެ.

އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ކެންދޫ ކައުންސިލުން ބައިވެރިވެޑައިގެންނެވީ ކައުންސިލުގެ ރައީސް އަހްމަދު ސަލީމް އާއި ނައިބް ރައީސް އަހްމަދު އަބްދުއްރަޝީދު އެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެ ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން އެހެން ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ކެންދޫ ކައުންސިލުގެ ރައީސް އަހްމަދު ސަލީމު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ކެންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އާ އިމާރާތެއް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމާ ގުޅޭގޮތުންނެވެ.

“އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ކެންދޫ ސްކޫލުގައި އިމާރާތެއް އެޅުމާ ގުޅޭގޮތުން. އެއީ ކުރިން ބަޖެޓް ކުރެވިފައި އޮތް ކަމަކަށް ވާތީ މިއަހަރުގެ ބަޖެޓްގައި ހިމެނިފައި ނެތުމާއެކު އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭތޯ އެކަމާ ގުޅޭ ގޮތުން މަޝްވާރާކުރީ. ހަމައެއާއެކު އެކަން ޕްލޭން ކުރެވިފައި އޮތް ގޮތަކާ ގުޅޭ ގޮތުން ބޮޑަށް ވާހަކަ ދެކެވުނީ،”

ގްރޭޑް 1-10 އަށް ކިޔަވައިދެމުން އަންނަ ކެންދޫ ސްކޫލުގައި 230 ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރުމުންނެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.