އޭދަފުށި ފެހިކުރުމުގެ ކެމްޕޭނެއް ފަށައިފި

“ކްލީން އެންޑް ގްރީން” އޭދަފުށީ ކެމްޕޭން ފެށުމުގެ ގޮތުން ފޭލި ޖަމިއްޔާގެ ފައުންޑާ މެންބަރު އަބްދުއްރައްޒާގު މުހައްމަދު ގަސް އިންދަވައިދެއްވަނީ. ފޮޓޯ/ފޭލި

ފޭލި ޖަމިއްޔާއިން އިސްނަގައިގެން ސޮނެވާފުށީ ރިސޯޓާއި ރަށު ކައުންސިލު ގުޅިގެން އޭދަފުށީ ފެހިކޮށް ސާފުކޮށް ބޭއްވުމުގެ (ކްލީން އެންޑް ގްރީން އޭދަފުށި) ކެމްޕޭނެއް ފަށައިފި އެވެ.

ސްކޫލުގެ ތިމާވެށީ ކްލަބާއި ގައިޑް އަދި ސްކައުޓް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ޝާމިލުވާގޮތައް، މިއަދު ހަވީރު ފެށި އެ ޕްރޮގްރާމް ފައްޓަވައިދެއްވީ ފޭލި ޖަމިއްޔާގެ ފައުންޑާ މެންބަރު އަބްދުއްރައްޒާގު މުހައްމަދު އެވެ.

އެ ޕްރޮގްރާމްގެ ދަށުން މިއަދު ހަވީރު ވަނީ ރަށުގެ އުތުރު ފަރާތު ސްޓޭޖް ސަރަހައްދުގައި ހިޔާދޭ ބޮޑެތި ގަސްތައް އިންދައި ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ވެސް ބަހައްޓައިފަ އެވެ.

އޭދަފުށި ފެހިކުރުމަށް މިއަދު ފެށީ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން

ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި އޭދަފުށި ފެހިކޮށް ސާފުކޮށް ބޭއްވުމުގެ މަޝްރޫއު ކުރިޔަށް ދާނީ ރަށު ކައުންސިލާއި ސޮނެވާފުށީ އަދި ސަރުކާރު އޮފީސް/ކުންފުނި އަދި ސްކޫލުގެ ތިމާވެށި ކްލަބާ ވެސް ގުޅިގެންނެވެ.

ފޭލި ޖަމިއްޔާއިން ބުނީ މި ޕްރޮގްރާމްގެ ދަށުން ސްކޫލާ ގުޅިގެން ދަރިވަރުން ހޭލުންތެރިކުރުމަށް ވެސް ހާއްސަ ޕްރޮގްރާމުތަކެއް ހިންގާނެ ކަމަށެވެ. އަދި މިރަށުގައި ހުރި ސަރުކާރު އޮފީސް/ކުންފުނިތަކުގެ ގޯތި ތެރޭގަ އާއި ރަށުގެ އެހެނިހެން ސަރަހައްދު ތަކުގައި ވެސް ވަރަށް އަވަހަށް ހިޔާދޭ ބޮޑެތި ގަސްތައް އިންދަން ފަށާނެ ކަމަށް ފޭލިން ބުންޏެވެ. އަދި މި ކެމްޕޭނުގެ ދަށުން މިރަށޫން ޕްލާސްޓިކް ފުޅި ރި ސައިކަލު ކުރުމުގެ ޕްރޮގްރާމެއްވެސް ފަށާނެ ކަމަށްވެސް ފޭލިން ބުންޏެވެ.

އޭދަފުށި ފެހިކުރުމަށް މިއަދު ފެށީ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސޮނެވާފުށީ ރިސޯޓްގެ ކޮމިއުނިޓީ އެންގޭޖުމަންޓް އޮފިސަރު އަބްދުލް މުއުމިން ވިދާޅުވީ އިޖުތިމާއީ އަދި ތިމާވެށީގެ ގޮތުން ކުރެވޭ މިފަދަ މަސައްކަތް ތަކުގައި އަބަދުވެސް އެ ރިސޯޓުން ބައިވެރިވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ މިއީ މިރަށަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށާއި ގަސް މަދުވުމުން ރަށުގައި ހޫނުގަދަވާ ވާހަކަ އަކީ އަބަދުވެސް ދެކެވެމުން އަނަން ވާހަކައެއް ކަމަށެވެ.

އޭދަފުށި ފެހިކުރުމަށް މިއަދު ފެށީ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން
އޭދަފުށި ފެހިކުރުމަށް މިއަދު ފެށީ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން

“ކުރިން އަބަދުވެސް އަޑުއިވެނީ ގަސްތައް ކަނޑާވާހަކަ، މިކައުންސިލަށްފަހު ދެން އިވިގެންދާނީ ގަސް އިންދޭ ވާހަކަ. ފެހިކަން އިިތުރު ވެގެންދާ ވާހަކަ،”

ތޮލާލު ވިދާޅުވި ގޮތުގައި ފޭލި ޖަމިއްޔާއިން އިސްނަގައިގެން ފެށި މި ކެމްޕޭން ކާމިޔާބު ވާނީ ރައްޔިތުން ވެސް މިކަމަށް އެއްބާރުލުން ދީގެން ކަމަށާއި އޭދަފުއްޓަކީ ފެހި ސާފު ރަށަކަށް ހެދުމަށް އެންމެން ގުޅިގެން މިއަދު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

މި ކެމްޕޭނުގެ ދަށުން މިއަދު ވަނީ އުތުރު ފަރާތު ސްޓޭޖް ސަރަހައްދުގައި 50 އަށް ވުރެ ގިނަ ގަސް އިންދައިފަ އެވެ. އަދި އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ކުނި އެޅުމަށް ހާއްސަކޮށް 6 ޑަސްބިން ބަހައްޓައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.