ޤުރުއާން މުބާރާތުން އެއްވަނަ އިޔާން އާއި މަލިކާ އަށް

ގުރުއާން މުބާރާތުން އެއްވަނަ ހޯދި އިޔާން އަދި މަލިކާ./ ފޮޓޯ: ތައުލީމީ މަރުކަޒު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ގުރުއާން މުބާރާތުން އެއްވަނަ އޭދަފުށީ އަލިތަރި، އިޔާން އަލީ ވަހީދު އާއި އަވިދޭގެ މަލިކާ އަހްމަދު ހޯދައިފި އެވެ.

ބަދަލުތަކާއެކު މިއަހަރު ބޭއްވި މި މުބާރާތުން އިޔާން އެއް ވަނަ ހޯދީ ބަލައިގެން ކިޔެވުމުގެ ބައިން 104 ކުދިންނާ ވާދަކޮށްގެންނެވެ މަލިކާ އެއް ވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. އެ ގޮފީގައި 26 ކުދިން ވާދަކުރި އެވެ.

މި މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމުދިނީ މިރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވިލާ ކޮލެޖުގެ ސީނިއާ ލެކްޗަރާ އަހްމަދު ފަޔާޒު ހަސަން އެވެ. އެއްވަނަ އަދި ދެވަނައިގެ އިތުރުން، އެހެން ވަނަތަކަށް ހޮވުނު ކުދިންނަށް ވެސް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވެ އެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން ޝަމާއިލް މުޙައްމަދު ނަސީރު ދެވަނަ ހޯދިއިރު، މި ގޮފިން ތިންވަނަ ލިބުނީ ފާތިމަތު ޝައްމާއު އެވެ.

ހިތުން ކިޔެވުމުގެ ބައިން އާއިޝަތު ޝައިބާ އަށް ދެވަނަ ލިބުނުއިރު ތިން ވަނަ އަށް ހޮވުނީ ފާތިމަތު ޔުމްނާ އާތިފަށެވެ.

އިއްޔެ ރެއިން ފެށިގެން މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 130 ދަރިވަރުން ބައިވެރިވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.