ބ. ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓްލާން ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، ކަމަދޫގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުުލުމަށް މިއަދު 8:00 ޖެހިއިރު ފަށާފައިވާކަމަށާއި، މާލޭގައި ބަހައްޓާފައި ހުރި ކަމަދޫ ވޯޓު ފޮއްޓަށް ވޯޓު ލުމަށް ފަށާފައި ވަނީ 8:20 ގައި ކަމަށެވެ. މާލޭގައި ވޯޓްލާން ފެށުން ލަސްވީ، ވޯޓްލާނެ މީހަކު ނެތުމުންނެވެ.
އެ ރަށުން ވޯޓު ލުމަށް ހައްގުވާ މީހުންގެ އަދަދަކީ 338 އެވެ. އެރަށުގެ ބައި-އިލެކްޝަންގައި ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓަކާއި، އަދި އެމްޑީޕީ ކެންޑިޑޭޓެކެވެ. އެެއީ އަހުމަދު ސާޖިދު (އެމްޑީޕީ) އަދު އަލީ ނާއިލް (ޕީޕީއެމް) އެވެ.
އެ ރަށުގެ ބައި-އިލެކްޝަންގައި ވާދަކުރާ ދެ ކެންޑިޑޭޓަށްވެސް ވޯޓުލުމަށް އެ ރަށުގައި ގާއިމްކޮށްފައިވާ ވޯޓު ފޮށީ ހުރީ އެ ރަށު ސްކޫލްގައެވެ. އަދި މާލޭގައި ވޯޓު ފޮށި ހުރީ ބާ ޖަމަލުއްދީން ސްކޫލްގައެވެ.