ކަމަދޫ އިންތިހާބުން ރަމްޒުކޮށްދެނީ މުޅި ރާއްޖޭގެ ބަސް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިއަދު ބޭއްވި ކަމަދޫ ކައުންސިލުގެ ބައި އިލެކްޝަންގެ ނަތީޖާއިން ރަމްޒުކޮށްދެނީ ހަމައެކަނި ކަމަދޫގެ ރަށްވެހިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދޭތެރޭ ދެކޭ ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކަމަދޫ ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރުމާ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ އިންތިހާބުން ރަމްޒުކޮށްދެނީ ހަމައެކަނި ކަމަދޫގެ ރަށްވެހިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދޭތެރޭ ދެކޭ ގޮތެއް ނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ ބަސް ކަމަށެވެ.

މިއަދު ބޭއްވި ކަމަދޫ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބުކުރީ 169 ވޯޓު ހޯދައިގެންނެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓް އަލީ ނާޒިމްއަށް ލިބުނީ 142 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

އެ ނަތީޖާއިން ދައްކާ ގޮތުން ޕީޕީއެމް ކެންޑިޑޭޓް ނާޒިމްއަށް މާލެއިން ލިބުނީ 58 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް ސާޖިދަށް ލިބުނީ 51 ވޯޓެވެ. ނަމަވެސް. އެ ރަށުގައި ބެހެއްޓި ވޯޓު ފޮށިން 116 ވޯޓު އޭނާއަށް ލިބުނެވެ. އަދި ޕީޕީއެމް ކެންޑިޑޭޓަށް ލިބުނީ 84 ވޯޓެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.