ބޮޑު އީދު ބަންދަށް ވެސް ރޯޔަލުގައި ޚާއްސަ ޕެކޭޖެއް

ރޯޔަލް އައިލެންޑްގެ ޕޫލުގައި ކުޑަކުއްޖަކު މަޖާކުރަނީ. ޖުލައި 26 އާ ދިމާކޮށް އަގުހެޔޮ ޕެކޭޖެއް މިފަހަރުވެސް ތައާރަފުކޮށްފައި

އަންނަ ބޮޑު އީދު ޗުއްޓީ ބަންދަށް އަމާޒުކޮށްގެން ރޯޔަލް އައިލެންޑް ރިސޯޓުން އަނެއްކާވެސް ކުޑަ އަގެއްގައި ޗުއްޓީ ހޭދަކޮށްލެވޭނެ ޕެކޭޖެއް ހަމަޖައްސައިފި އެވެ.

އެކި ބަންދާ ދިމާކޮށް ރޯޔަލް އައިލެންޑް ރިސޯޓުން ދިވެހިންނަށާއި ބޭރު މީހުންނަށް ހާއްސަ ޕެކޭޖްތައް ތައާރަފްކުރެ އެވެ. އެ ޕެކޭޖްތަކުގައި ހުރުމާއި ކެއުމާއި މާލެއިން އެ ރިސޯޓަށް ދިއުމުގެ ހަރަދު ވެސް ހިމަނަ އެވެ.

ރޯޔަލް އައިލެންޑުން މިފަހަރުގެ ބޮޑު އީދާ ދިމާކޮށް ޕެކޭޖް ތައާރަފްކޮށްފައި ވަނީ 30 އޯގަސްޓުން 10 ސެޕްޓެމްބަރުގެ ނިޔަލަށެވެ. އެ ޕެކޭޖްގައި ނަގަނީ ދެ މީހަކަށާއި ކުޑަ އެއް ކުއްޖަކަށް (12 އަހަރުންދަށުގެ) ރެއަކަށް 1999ރ. އެވެ. އަދި އިތުރު ކުއްޖަކަށް ވަކިން 599ރ ނަގަ އެވެ. މީގެ އިތުރުން ތިން އިރުގެ ކެއުމާއި ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ.

ނަމަވެސް އޭދަފުށިން އެ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ ފަރާތްތަކަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ވަނީ މިދިޔަ ކުޑައީދު އަދި މިނިވަން ދުވަހުގެ ބަންދާ ދިމާކޮށްވެސް އަގުހެޔޮ ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ. އެ ޕެކޭކުގައި ވެސް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނިގޮތުގައި އެކި ބަންދާ ދިމާކޮށް ދިވެހިންނަށް ހާއްސަ ޕެކޭޖްތައް ތައާރަފްކުރަނީ އެކަށީގެންވާ ހެޔޮ އަގެއްގައި ރިސޯޓެއްގައި އާއިލާ ގޮވައިގެން ހިތްހަމަޖެހޭ، އުފާވެރި ދުވަސްތަކަކަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.