އޭދަފުށީ ކައުންސިލު އޮޑިޓްކުރަން ފަށައިފި

ރަށު ކައުންސިލަރުން ފެނަކައިގެ މުވައްޒަފުންނާއެކު ބައްދަލުވުމެއްގައި. ފޮޓޯ/ފޭސްބުކް

ބ. އޭދަފުށީ ކައުންސިލު އޮޑިޓްކުރުމުގެ މަސައްކަތް އަތޮޅު ކައުންސިލުން މިއަދު ފަށައިފި އެވެ.

ރަށު ކައުންސިލު އޮޑިޓްކުރަން މި ފެށީ މިދިޔަ ދައުރުގެ އޮޑިޓެއް ކުރަން އެ ކައުންސިލުން އަތޮޅު ކައުންސިލުގައި އެދިފައިވާތީ އެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނި ގޮތުގައި އެ ކައުންސިލް އޮޑިޓް ކުރަން ނިންމީ ނިމިދިޔަ ކައުންސިލުން ނިންމައި، ތަންފީޒުކުރަމުންދާ ކަންކަމާއި، ކޮށްނިމިފައިވާ ކަންކަން މިހާރުގެ ކައުންސިލަށް ރަސްމީކޮށް ކިޔާނުދީ އޮތުމުންނެވެ.

އަދި ވެރިކަން ކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް ކުރީގެ ކައުންސިލުން ނިންމާފައިވާ ބައެއް ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ އޮޅުންތައް އަރާ ކަމަށާ، އެކަންކަން ސާފުކޮށް ކުރިޔަށް ދެވޭނެ މަގު މިއޮޑިޓަށްފަހު އަވަސްވާނެ ކަމަށްވެސް ރަށު ކައުންސިލުން ކުރިން ބުނެފައިވެ އެވެ.

އޭދަފުށީ ކައުންސިލުގެ މިދިޔަ ދައުރު އޮޑިޓްކުރަން ނިންމާފައިވާއިރު އާ ކައުންސިލު އޮފީހާ ހަވާލުވި ހަފްތާ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލަން އުޅުނުކަމުގެ އަޑުތައްވަނީ ރަށުތެރޭކަިއ ދެކެވުނު ނަމަވެސް ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވަނީ އެކަން ދޮގު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.