އޭލެވެލް ނަތީޖާ: ޓޮޕް ޓެންގެ އެއް ވަނައިގައި ދެ ދަރިވަރުން

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި

މިއަހަރުގެ މެއި/ޖޫން މަހު ބޭއްވި އޭލެވް އިމްތިހާނުން ފަސް މާއްދާއިން އޭ ފާސް ހޯދައިން ތައުލީމީ މަރުކަޒުގެ ދެ ދަރިވަރަކު ޓޮޕް ޓެންގެ އެއް ވަނައިގައި ހިމެނިއްޖެ އެވެ.

ސްކޫލުން ބުނިގޮތުގައި މިއަހަރުގެ ވަގުތީ ނަތީޖާއަށް ބަލާއިރު 4 ކުދިން ގަދަ ދިހައެއްގައި ހިމެނޭނެ އެވެ. މިދިޔަ އަހަރު އޭލެވެލް ޓޮޕް 10 ގައި އެ ސްކޫލުގެ 11 ކުއްޖަކު ވަނީ ހިމެނިފަ އެވެ.

ވަކިވަކި މާއްދާތަކަށް ބަލާއިރު ބިޒްނަސް ސްޓްރީމްގެ ބިޒްނަސް ސްޓަޑީޒް އިން މިއަހަރުވެސް 100 ޕަސެންޓް ފާސް ހޯދި އެވެ. އަދި އެ ސްޓްރީމުގެ އެހެން މާއްދާތަކުން ފާސްވި ނިސްބަތް އުޅެނީ 80 ޕަސެންޓަށްވުރެ މަތީގަ އެވެ.
ނަމަވެސް ސައިންސް ސްޓްރީމުގެ މާއްދާތަކުން މިއަހަރު ދަރިވަރުން ފާސްވި ނިސްބަތް ވަރަށް ބޮޑުތަން ވަނީ ދަށްވެފަ އެވެ.

އޭ ލެވެލް އިމްތިހާނުގައި އިސްލާމާއި ދިވެހިން އޭ ސްޓާ ތައާރަފްކޮށް މިހާރު އިމްތިހާނުގެ ނަތީޖާ ދޫކުރަމުން އަންނައިރު އެ ސްކޫލުގެ ގިނަ ދަރިވަރުން އެ ދެ މާއްދާއިން އޭ ސްޓާ ހޯދާފައިވާ ކަންވެސް ފާހަގަކޮށްލެވެ އެވެ.
ސްކޫލުން ބުނި ގޮތުގައި ދަރިވަރުން ނަތީޖާ ރީ ޗެކު ކުރުމުން ނަތީޖާއަށް ބަދަލު އައުން އެކަށިގެންވެ އެވެ.

އެޑެކްސެލް އޭ އެލެވް އިމްތިހާނުން އެ ސްކޫލު ހޯދާ ނަތީޖާ އަހަރުން އަހަރަށް ރަނގަޅުވަމުން އަންނަ އިރު، މިއަހަރު ގަދަ 10 ގައި ހިމެނޭ ކުދިންގެ އަދަދު ދަށްވި ނަމަވެސް، ދެ ކުއްޖަކު އެއްވަނައިގައި ހިމެނުމަކީ ސްކޫލުގެ ވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

މީގެ ކުރިން އޭލެވެލް ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނީ އެ ސްކޫލުގެ އެންމެ ކުއްކެޖެވެ.

ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ދަރިވަރުން، އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ހުށަހެޅަށް ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.