ގްލޯނެޓް އެޑިއުކޭޝަން ފެއާ އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި ބާއްވަނީ

ގްލޯނެޓް އެޑިއުކޭޝަން ފެއާގެ ސްޓޯލެއްގައި ދަރިވަރަކު މައުލޫމާތު ހޯދަނީ: މި ފެއާގެ ރޯޑް ޝޯ އެއް އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި އޮންނާނެ– މިހާރު ފޮޓޯ

ރާއްޖޭން ބޭރުން ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫތު ދޭން ބާއްވާ “ގްލޯނެޓް އެޑިއުކޭޝަން ފެއާ”ގެ ރޯޑްޝޯ އެއް އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ގްލޯނެޓްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނަސީމް އަހުމަދު ވިދާޅުވީ ފޭލި ޖަމިއްޔާ އާ ގުޅިގެން ބ. އަތޮޅަށް ހާއްސަކޮށްގެން އޭދަފުށީގައި އޮންނަ ރޯޑު ޝޯ ކުރިއަށް ދާނީ މިރަށު މަލްޓިޕާޕަސް ހޯލުގައި ކަމަށެވެ. ފެއާ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހު މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށެވެ.

ނަސީމް ވިދާޅުވި ގޮތުގައި މި ފެއާގައި ބައިވެރިވާނީ މެލޭޝިއާގެ ޔުނިވަސިޓީތަކުގެ ތެރެއިން ވެސް ދިވެހި ދަރިވަރުން އެންމެ ގިނައިން ކިޔަވަން ގޮސް އުޅޭ ޔުނިވަސިޓީތަކެވެ. އޭގެ ތެރޭގައި ޓެއިލާސް ޔުނިވަސިޓީ އާއި ސަންވޭ ޔުނިވަސިޓީ އާއި މާސާ ޔުނިވަސިޓީ ހިމެނެ އެވެ.

“ފެއާގައި ޔުނިވަސިޓީތަކުން ލިބެން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް މައުލޫމާތު ފޯރުކޮށްދެވޭނެ. އަދި ބޭނުންވާ ޔުނިވަސިޓީއަކަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ހުޅުވިފައި އޮންނާނެ. އަދި ވިސާ ހޯދުމާއި އެކަމަޑޭޝަންގެ މަޢުލޫމާތު ދިނުމާއި، އެޕްލިކޭޝަން ބަލައިގަތުން ވެސް ކުރިއަށްދާނެ،” ނަސީމް ވިދާޅުވި އެވެ.

މި ފެއާގައި، މެލޭޝިއާގެ ތަފާތު އެކި ޔުނިވާސިޓީތަކުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދީ އެ ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ އަދި ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުގައި އަންނަ އަހަރުގެ ސްކޯލަޝިޕް ފުރުސަތުތަކުގެ މައުލޫމާތުދިނުމާއި، މި ފެއާގެ ތެރެއިން ފޯމް ހުށަހަޅާ ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން މި ފެއާގައި ބައިވެރިވާ ބައެއް ޔުނިވާސިޓީތަކުން %10 – %50 ދެމެދު ސްކޮލާރޝިޕް (ނުވަތަ ޓިއުޝަންފީގެ ޑިސްކައުނޓް) ލިބެން ހުންނާނެ ކަމަށް ގްލޯނެޓުން ބުންޏެވެ. މި ޔުނިވާރސިޓީ ތަކުން ކޯސް ލިބެން ހުންނަ ދާއިރާތަކުގެ ތެރޭގައި ހެލްތް ސައިންސް، ބިޒްނަސް އިންޖިނިއަރިންގް އަދި ކޮމްޕއިޓަރ ސައިންސް ދާއިރާތަށް ހިމެނެއެވެ.

ފޭލި ޖަމިއްޔާގެ ނައިބް ރައިސް މުހައްމަދު ރަޝީދު ވިދާޅުވީ މި ފެއާގައި ބައިވެރިވުމަށް އަތޮޅު ތެރެއިން އޭދަފުއްޓަށް އަންނަން ބޭނުންވާ ކުދިންނަށް (9631111 ނަންބަރު ފޯނާ ގުޅުމުން) ގްލޯނެޓާ ގުޅިގެން އެ ޖަމިއްޔާއިން ދަތުރު ހަމަޖައްސައިދޭނެ ކަމަށެވެ.

މިއީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، 2005 ވަނަ އަހަރުން ފެށިގެން ގްލޯނެޓުން ބާއްވާ ފެއާ އެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ދެ ފެއާ އެ ކުންފުނިން ބާއްވަ އެެވެ. މިއީ މިއަހަރުގެ ތެރޭގައި ގްލޯނެޓުން ބާއްވާ ދެވަނަ އެޑިއުކޭޝަން ފެއާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.