އިންޓަ ރިޒޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތަކުން އަނަންތަރާ ކިހާވަށް ވިލާސް އާއި ސޮނެވާފުށީ ރިސޯޓް މޮޅުވެއްޖެ އެވެ.
އިއްޔެ އަނަންތްރާގައި ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ މެޗުން އަނަންތާރާ މޮޅުވީ ޝެރަޓަންއާ ވާދަކޮށެވެ. އަނަންތާރާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމު ސެޓުތައް ގެންދިޔައީ 23-25، 17-25 އަދި 21-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އަނަންތަރާ އަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިއަދު ހަވީރު ސޮނެވާފުށި މޮޅުވީ އެ ރިޒޯޓުގައި ކުޅުނު މެޗުން ކޮންރެޑް މޯލްޑިވްސް އަތުން 3-1 ސެޓުންނެވެ .އެ ޓީމު ސެޓުތައް ގެންދިޔައީ 25،9 18-25 އަދި 11-25 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮނެވާފުށީ ރިސޯޓުގެ ހުސައިން ރައްޔާނު އެވެ.
މި މުބާރާތުގެ ދެ ވަނަ ލެގު މެޗުތައް މާދަމާ ފަށާނެ އެވެ.