ދިރާގު ޓީވީއަށް އާ ޗެނަލުތަކެއް ތައާރަފުކޮށްފި

ދިރާގު ޓީވީގެ އާ ޗެނަލްތައް ލޯންޗު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: / ދިރާގު

ދިރާގުން ޖޯއީބޮކްސް މެދުވެރިކޮށްދޭ “ދިރާގު ޓީވީ” ގެ ހިދުމަތަށް މުޅިން އާ ފަސް ޗެނަލް މިއަދު ތައާރަފުކޮށްފި އެވެ.

މިއަދު ހަވީރު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ޗެނަލްތައް ތައާރަފްކޮށްދެއްވީ، ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދާއި އޭއެންޑްއީގެ އޭޝިއާ ޕެސިފިކްގެ މެނޭޖިންގ ޑިރެކްޓަރ ޕްރޭމް ކަމަތުއެވެ.

އޭއެންޑްއީ އަކީ، ހާރސްޓް ކޮމިއުނިކޭޝަންސްއާއި ޑިޒްނީ އޭބީސީ ޓެލެވިޜަން ގްރޫޕްގެ ޖޮއިންޓް ވެންޗަރއެކެވެ.

ދިރާގު ޓީވީއަށް މިއަދު މުޅިން އަލަށް ތައާރަފް ކުރި ފަސް ޗެނަލަކީ، އޭއެންޑްއީގެ އެންޓަޓެއިންމެންޓް ބްރޭންޑްތައް ކަމަށްވާ، ހިސްޓްރީ، ލައިފްޓައިމް، އެފްވައިއައި، ކްރައިމް އެންޑް އިންވެސްޓިގޭޝަން އަދި ހިސްޓްރީ-2 އެވެ.

“އާ ޗެނަލްތައް ތައާރަފުކުރާއިރު އެންމެ ބޮޑު ޝުކުރެއް ދަންނަވާލަން ބޭނުންވަނީ ކަސްޓަމަރުންނަށް. މި ހިދުމަތަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބަށް. ވަރަށް ބޮޑު ތަރުހީބެއް މި ހިދުމަތަށް ލިބިގެންދޭ،” މައުމޫނު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސިންގަޕޫރުގެ އޭއެންއީ ކުންފުނީގެ އެމްޑީ ވިދާޅުވީ 200 ގައުމުގައި މި ޗެނަލްތައް ބަލާއިރު ދިރާގާއި ގުޅިގެން މި ޗެނަލްތައް ރާއްޖެއަށް ގެނެވުމަކީ އެ ކުންފުންޏަށް ވެސް ލިބޭ ފަހުރެއް ކަމަށެވެ.

އޭއެންއީ ޗެނަލްއާ ގުޅިގެން ތައާރަފުކުރި ފަސް ޗެނަލްގެ ތެރޭގައި މުނިފޫހި ފިލުވުމުގެ އެކި މައުލޫމާތުތައް ހިމެނޭ ޗެނަލްތައް ހިމެނެ އެވެ. އެ ޗެނަލްތަކުގެ ތެރޭގައި ހިމެނެނީ ހިސްޓްރީ ޗެނަލްއަކާއި ލައިފްޓައިމް އަދި އެފްވީއައިގެ ނަމުގައި ތައާރަފުކުރި ޗެނަލެއްގެ އިތުރުން އެޗްޓޫ ޗެނަލާއި ކްރައިމް އިންވެސްޓިގޭޝަން ޗެނަލެކެވެ. މި ޗެނަލްތަކަކީ މިހާރު ރާއްޖޭގައި އާއްމުކޮށް ފެންނަ ޗެނަލްތަކާ ހިލާފަށް ގިނަ ބަޔަކު ބަލާ ޗެނަލްތަކެވެ. މި ޗެނަލްތަކަށް މަހަކު 80 މިލިއަން ވިއުސް ލިބޭ ކަމަށްވެ އެވެ.

ދިރާގު ޓީވީގައި މިހާރު ވެސް މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ސޮނީ އީއެސްޕީއެން، ޓެން ސްޕޯޓްސް އާއި ބީބީސީ އާތު ހިމެނެ އެވެ. މީގެ ރާއްޖޭގެ ހުރިހާ ޗެނެލް ތަކެއް ވެސް ފެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.