ބޮޑު އީދު އަންހެން ފުޓްސަލް މުބާރާތަށް ގައުމީ ޓީމުގެ ކެޕްޓަން އޭދަފުއްޓަށް

ގައުމީ އަންހެން ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރް | ފޮޓޯ:މޯލްޑިވްސް ސޮކަރ

ކްލަބް ޑައުންޓައުންއިން އިންތިޒާމްކޮށްގެން އަންނަ އަޞްހާ އީދު ބަންދުގައި ބޭއްވުމަށް ހަަމަޖެހިފައިވާ “ޑައުންޓައުން ވުމެންސް ފުޓްސަލް ޓޯނަމެންޓް 2017” ގައި މަގޫ ސްޓާރ އަށް ކުޅުމަށް ގައުމީ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރް އޭދަފުއްޓަށް އައުމަށް ހަމަޖެހިއްޖެއެވެ. ކެޕްޓަން ފަދުވާގެ އިތުރުން ގައުމީ ޓީމުގެ އެހެން ކުޅުންތެރިންތަކެއްވެސް މި މުބާރާތުގައި ވާދަ ކުރާ ޓީމްތަކުން ފެނިގެންދާނެއެެވެ.

5 ޓީމެއް ބައިވެރިވި މި މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު މިރޭ ވަނީ އޭދަފުށި މަލްޓި ޕާޕަސް ގައި ބާއްވައިފަ އެވެ.

މި އަހަރުގެ މި މުބާރާތުގައި ބައިވެރިވީ މިދިޔަ އަހަރުގެ ޗެންޕިއަން މަގޫ ސްޓާގެ އިތުރުން އިރުމަތި ލަވާރސް ، ފްރެންޑްސް ، ވެލާ ސިޓީ އަދި ހުސްސޮގުން ޓީމެވެ.

މިރޭ ކުރިޔަށްދިޔަ ގުރުނެގުމުގެ ރަސްމީޔާތުގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ލީގު އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިޔަށް ދާނީ މިމަހު 30 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިިޔަލަށެވެ.

މިއީ ޑައުންޓައުން އިން މި މުބާރާތް ބާއްވާ 2 ވަނަ އަހަރެވެ.

މުބާރާތުގެ ޝެޑިޔުލް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.