އީދަށް ލޯންޗުތަކުގެ ޖާގަ ފުލްވެއްޖެ

ބޮޑު އީދާ ދިމާކޮށް ފެރީ ދަތުރުތަކުގެ ޑިމާންޑް ބޮޑުުވެ، އީދަށް ޝެޑިއުލްކުރި ހުރިހާ ދަތުރުތަކެއް ފުލްވެފައިވާ ކަމަށް ފެރީ ލޯންޗުގެ ހިދުމަތްދޭ ފަރާތަތްކުން ބުނެފި އެވެ.

އޭދަފުއްޓާއި މާލެގައި ދެމެދު އާއްމުގޮތެއްގައި ކުރާ އެޓޯލް ކިއުޓް ފެރީ ސާވިސް އަދި ސޭލަމް ފެރީ ސާވިސް އިން ބުނީ އީދާ ދިމާކޮށް ލޯންޗު ދަތުރުތައް އިތުރު ކޮށްފައިވާނެ ކަމަށެވެ.

އޭދަފުއްޓާއި މާލެއާ ދެމެދު ދަތުރު ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ސޭލަމް ފެރީ ސާވިސް އިން ބުނީ، އެ ލޯންޗުން މިފަހަރު 250 އެއްހާ މީހުން ދަތުރު ކުރާނެކަމަށެވެ.

“ޓިކެޓް ބުކްކުރަން ފަށައިފި މީގެ މަހަކަށްވުރެ ގިނަ ދުވަސް ކުރިން. އީދަށް ޝެޑިއުލުކުރި 5 ދަތުރުވެސް މިހާރު ފުލްވެފަ މިއޮތީ،” ސޭލަމް އޭދަފުށީ އެޖެންޓް މުހައްމަދު ލަތީފް ބުންޏެވެ.

ލޯންޗުގެ ހިދުމަތް ދެމުންއަންނަ އެޓޯލް ކިއުޓް ފެރީ ސާވިސް އިން މިދުވަސްވަރަކީ އާދަޔާ ހިލާފަށް ބާރުބޮޑު ދުވަސްވަރެއް ކަމަށާ، އީދު ބަންދަށް ލޯންޗްތައް މާކުރިއަށް ފުލްވާކަމަށެވެ.

މާލެ ދަތުރުކުރާ މުދާއުފުލާ ބޯޓުތަކަށްވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އަމިއްލަ ބައެއް ފަރާތްތަކުން ލޯންޗު ކުއްޔަށް ހިފައިގެންވެސް ބައެއް ދަތުރުތައް އޭދަފުއްޓަށް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ގިނަ ބަޔަކު ދަރަވަންދޫ މަގުން ވެސް ދަތުރުކުރާނެ އެވެ. މިއަހަރުގެ ބޮޑު އީދަށް ގާތްގަނޑަކަށް ދެހާހެއްހާ މީހުން އޭދަފުއްޓަށް ޒިޔާރަތްކުރާނެކަމަށް ބެލެވެ އެވެ.

ކަލަންޑަރުގައިވާ ގޮތުން އީދު ދުވަހަކީ ސެޕްޓެމްބަރު 1 ވަނަ ދުވަހެވެ. ނަމަވެސް އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އީދު ބަންދަށް މީހުން އަންނަން ފަށާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.