އެންވަޔަރަމެންޓް މިނިސްޓްރީ އާއި ތިމާވެށި ރައްކާތެރިކުރަން މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށް ވާ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ގުޅިގެން، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރާ ރޭންޖަރުންނަށް އަމާޒުކޮށްގެން އޭދަފުށީގައި ވޯކްޝޮޕެއް ފަށަން ތައްޔާރުވެއްޖެ އެވެ.
މާދަމާއިން ފެށިގެން ހަތަރު ދުވަހަށް ކުރި އަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގައި، ބ. އަތޮޅު ބަޔޮސްފިއާ ރިޒާވު ޓީމުގައި މަސައްކަތްކުރާ 4 މީހަކާއި އައްޑޫ އަދި ފުވައްމުލައް ސިޓީގައި ހިމާޔަތް ކޮށްފައިވާ ސަރަހައްދުގައި މަސައްކަތް ކުރާ 6 މީހުން ބައިވެރިވިވެ އެވެ. އަދި މީގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓްރީންނާއި އީޕީއޭ އަދި ގައުމީ ޔުނިވަސިޓީގެ ދެ ދަރިވަރުންނާއެކު ޖުމަލް 15 ފަރާތަކުން ބަިއވެރިވާނެ އެވެ.
“އެކްސެލެންސް އިން ފީލްޑް މެނޭޖްމަންޓް އޮފް ނެޗްްރަލް ރިސޯސަން، އަ ޓެކްނިކަލް ޓްރޭނިން ފޯ ރޭންޖާސް” ގެ ނަމުގައި ބާއްވާ މި ޓްރޭނިން ޕްރޮގްރާމަށް ފަންޑުކުރަނީ ޔޫއެސް އެއިޑުންނެވެ.
މިއީ މިފަދަ ޓްރޭނިން ޕްރޮގްރާމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.