ކީޕަރު ޒިޔަޒަން ގައުމީ ޓީމަށް

ކީޕަރ ޒިޔަޒަން ނިއުގެ ޕްރެކްޓިސްގައި | ފޮޓޯ: އަވަސް

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އަންނަ މަހު 5 ވަނަ ދުވަހު އޮމާނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުން، މިދިޔަ އަހަރުގެ އޭދަފުށި ފުޓްބޯޅަ ޓީމްގެ ގޯލް ބެލެހެއްޓި އަދި މިހާރު ނިއުރޭޑިއަންޓަށް ކުޅެމުން އަންނަ ކީޕަރ ޒިޔަޒަން ޖާގަ ހޯދައިފިއެވެ. މިއީ ގައުމީ ޓީމް ސްކޮޑަށް ޒިޔަޒަން ނެގި ފުރަތަމަ ފަހަރެވެ.

 

ކީޕަރ ޒިޔަޒަން ގެ އިތުރު މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ފާސިރު (ސެންޓޭ) ، ހަމްޒާ މުހައްމަދު (ހަމްޕު) އަދި ޝާފިއު އަހުމަދު (ޝާފީ) ވެސް ވަނީ ގައުމީ ޓީމްގެ ސްކޮޑަށް ނަގާފައެވެ.

 

ގައުމީ ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކުޅުންތެރިންނެވެ. ނިއުގެ ނުވަ ކުޅުންތެރިޔަކު ހިމަނާފައިވާއިރު، މާޒިޔާގެ ހަ ކުޅުންތެރިޔަކު ޓީމުގައި ހިމަނާފައިވެއެވެ.

 

އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ގައުމީ ސްކޮޑު:

 

ނިއު ރޭޑިއަންޓް

މުހައްމަދު ފައިސަލް – ގޯލްކީޕަރު

މުހައްމަދު ރަޝީދު

އަހްމަދު އަބްދުﷲ

އަލީ ފާސިރު

ހަމްޒާ މުހައްމަދު

އަކްރަމް އަބްދުލްގަނީ

ރިލްވާން ވަހީދު

އަލީ އަޝްފާގު

އަބްދުﷲ ޒިޔަޒަން – ގޯލްކީޕަރު

 

މާޒިޔާ

އަމްދާން އަލީ

ސަމޫހު އަލީ

އަޝްއަދު އަލީ

މުހައްމަދު އުމައިރު

އިސްމާއިލް އީސާ

މުހައްމަދު އިރުފާން

 

ގްރީން ސްޓްރީޓްސް

ޝާފިއު އަހްމަދު

އަހްމަދު ރަޝީދު

 

ޓީސީ

އަހްމަދު ޒާދު

ހަސަން ނާއިޒް

އިބްރާހިމް ވަހީދު ހަސަން

 

ތިނަދޫ

އިމްރާން ނަޝީދު

އަހްމަދު ރިޒުވާން

 

މިލަންދޫ

މުހައްމަދު އިމްރާން – ގޯލްކީޕަރު

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.