ރޭންޖާސް ޓްރޭއިނިން ޕްރޮގްރާމް ފަށައިފި

އޭދަފުށީގައި މިއަދު ފެށި ރޭންޖާސް ޓްރޭނިން ޕްރޮގްރާމުގެ ތެރެއިން– އީޓީފޮޓޯ/ރާއިފް ޔޫސުފް

ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގައި އަމަލީ ގޮތުން މިވަގުތު މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް އަމާޒުކޮށްގެން އޭދަފުށީގައި ރޭންޖާސް ޓްރޭނިން ޕްރޮގްރާމެއް ފަށައިފި އެވެ.

ފުރަތަމަ ފަހަރަށް އެއް މޭޒެއްގެ ދޮށުން “އެކްސެލެންސް އިން ދަ ފީލްޑް އޮފް މަނޭޖްމަނޓް އޮފް ނެޗުރަލް ރިސޯސަސް – އަ ޓެކްނިކަލް ޓްރެއިނިން ފޯ ރޭންޖާސް” ގެ ނަމުގައި އޭދަފުށީގައި މިއަދު ހެނދުނު ފެށި މި ބައްދަލުވުމުގެ ބ.އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހާއި އައްޑޫ އަދި ފުވައްމުލައް ޕްރޮޖެކްޓް އޭރިއާ ޓީމްގެ އިތުރުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި މިނިސްޓްރީ އޮފް އެންވަރަންމަންޓް އެންޑް އެނަޖީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ހިމެނޭ ގޮތަށް ޖުމްލް 15 މީހުން ބައިވެރިވެ އެވެ.

އޭދަފުށީގައި މިއަދު ފެށި ރޭންޖާސް ޓްރޭނިން ޕްރޮގްރާމުގެ ތެރެއިން– އީޓީފޮޓޯ/ރާއިފް ޔޫސުފް

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޓްރޭނިން ޕްރޮގްރާމުގައި ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތައް ހިމެނޭ ގޮތަށް ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގައި މިހާރު އަމަލީގޮތުން މަސައްކަތްކުރާ ފަރާތްތައް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ އެފަރާތްތަކުގެ ތަޖުރިބާގެ ހިއްސާ ކުރާނެ އެވެ.

އޭދަފުށީގައި މިއަދު ފެށި ރޭންޖާސް ޓްރޭނިން ޕްރޮގްރާމުގެ ތެރެއިން– އީޓީފޮޓޯ/ރާއިފް ޔޫސުފް

ޓްރެއިންގ ޕްރޮގްރާމުގެ ސެޝަންތައް ނަންގަވާ ދެއްވާނީ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރީފް މެރިން ޕާކް އޮތޯރިޓީގައި މަސައްކަތް ކުރައްވާ ކަމާބެހޭ ދެ ތަޖުރިބާކާރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.