ކޮންރެޑް ބަލިކޮށް ސޮނޭވާ ސެމީއަށް

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދޭ ސެޓްފިކެޓް ސޮނެވާގެ ކުޅުންތެރިޔަކަށް ދެނީ

އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ދެ ވަަނަ ސެމީގައި ސީދާ ތިން ސެޓުން ފަސޭހަކަމާ އެކު ކޮންރެޑް މޯލްޑިވްސްގެ ބަލިކޮށް ސޮނެވާފުށި ސެމީން ޖާގަ ހޯދައިފި އެވެ.

މި މެޗުގެ ސެޓުތައް ސޮނޭވާ އިން ގެންދިޔައީ 19-25، 19-25 އަދި 14-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ސޮނޭވާ އަށް ދައްކަމުން އަންނަ ގައުމީ ޓީމުގެ ކުޅުންތެރިއާ އަލީ ހުޒާމް އެވެ.

އަންނަ ހޮނިހިރު ދުވަހު ހަވީރު ބަނޑޮހުގައި އޮންނަ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސޮނެވާ ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ބަނޑޮސް އައިލެންޑް ރިޒޯޓާއި އެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ ހޯމަ ދުވަހު ސޮނޭވާގަ އެވެ.

އިއްޔެ ކުޅުނު ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ޖުމެއިރާ ވިޓަވެލިއާ ވާދަކޮށް ބަނޑޮސް މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މި މުބާރާތުގެ ސެމީން އަނަންތަރާވެސް ވަނީ ޖާގަ ހޯދައިފަ އެވެ. ފުރަތަމަ ސެމީގައި އަނަންތަރާ ނުކުންނާނީ ގްރޭންޑް ޕާކް ކޮއްދިއްޕަރާ ދެކޮޅަށެވެ. މި ދެ ޓީމު ކުޅޭ ސެމީގެ ފުރަތަމަ ލެގު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ދެ ވަނަ ލެގު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.

އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މި މަހު 31 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.