
ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ސޮނެވާފުށިން އިއްޔެ ޒިޔާރަތްކޮށްފިއެވެ.
ސޮނެވާފުށީ ރިސޯޓުން ބުނި ގޮތުގައި މި ޒިޔާރަތުގެ މަޤްސަދަކީ، އެމަރުކަޒުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބަލާ، އެ މަރުކަޒަށް ރިސޯޓުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތައް ދެނެގަތުމެވެ.

މި ޒިޔާރަތުގައި ބައިވެރިވި ސޮނެވާފުށީގެ މުއައްޒަފުން ވަނީ އެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކާއެކު ވަގުތު ހޭދަކޮށް އެ ފަރާތްތަކަށް ހާއްސަކޮށް މެންދުރުގެ ކެއުން ތައްޔާރުކޮށްދީފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެނޫންވެސް މުޖުތަމައުގެ އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ކުރިއަށް އޮތް ތަނުގައި އެ ރިސޯޓުގެ ފަރާތުން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާކަމަށް ސޮނެވާފުށިން ބުންޏެވެ.
