ހިމާޔަތްކޮށްފައިވާ ވެލާތަކެއް ގެންގުޅުނު މައްސަލަ ބަލަނީ

ރ. މާކުރަތު މީހަކު އެރަށު ގެއެއްގައި ގެންގުޅެނިކޮށް ވެލާތައް ދޫކޮށްލަނީ. ފޮޓޯ/އީޕީއޭ

ރ. މާކުރަތު މީހަކު އެރަށު ގެއެއްގައި ހިމާޔަތްކޮށްފައިވާ ކުދި ވެލާތަކެއް ހިފައިގެން ގެންގުޅުނު މައްސަލައެއް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

އީޕީއޭ އިން ބުނީި މާކުރަތު ގެއެއްގެ ތެރޭ މީހަކު ކުދި ވެލާތަކެއް ހިފައިގެން ގެންގުޅުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާކުރަތުގަިއ ހިފައިގެން ގެންގުޅުނު ކުދި ވެލާތައް

އީޕީއޭން އިން ބުނީ މި މައްސަލަ ބެލުމުން އެ ގެއިން 11 ވެލާ ފެނިފައިވާ ކަމަށާއި، އެ ވެލާތައް މިހާރު މޫދަށް ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު މި މައްސަލަ ނުބަލައި ދޫކޮށްލެވެން ނެތް ކަމަށް އެ ތަނުން ބުންޏެވެ.

އީޕީއޭއިން ބުނީ މިހާރު ވެލާތައް ގެންގުޅުނު މީހާއާ މެދު ގާނޫނީގޮތުން ފިޔަވަޅު އެޅުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

ތިމާވެށީގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ވެލާ ކަހަނބުގެ ހުރިހާ ބާވަތެއް ދާއިމީ ގޮތެއްގައި މިދިޔަ އަހަރުން ފެށީގެންވަނީ ހިމާޔަތްކޮށްފަ އެވެ. އޭގެ ކުރިން ވެލާ ކަހަނބު ހިމާޔަތްކުރީ 2005 ވަނަ އަހަރު އެވެ. އެކަމަކު އެއީ 10 އަހަރުގެ މުއްދަތަށެވެ.

ވެލާ ކަހަނބު ހިމާޔަތްކުރުމާ ގުޅިގެން ކުރުން މަނާ ކަންތައްތައް:

o ވެލާ ކަހަނބުގެ ބާވަތްތައް ހިފުން
o ވެލާ ކަހަނބުގެ ބިސް ނެގުމާއި ބިސްވަޅުތަކަށް ގޯނާ ކުރުން
ވެލާ ކަހަނބު ގެންގުޅުން
o ވެލާ ކަހަނބާއި އޭގެ ބައިތަކުގެ ވިޔަފާރިކުރުން
o ވެލާ ކަހަނބަށް އެއްވެސް ގޯނާއެއް ކުރުމާއި އަދި އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން
o ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން
o ވެލާ ކަހަނބާއި، ވެލާ ކަހަނބުގެ ބިހާއި، ވެލާ ކަހަނބުގެ ބައިތައް ބޭނުންކޮށްގެން އުފައްދާ ތަކެތި އިމްޕޯޓްކޮށް އެކްސްޕޯޓް ކުރުން

މީގެއިތުރުން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ނުހޯދާ ވެލާ ކަހަނބާ ގުޅޭ އެއްވެސް ދިރާސާއެއް ކުރުމާއި ވެލާ ކަހަނބު އާލާ ކުރުމުގެ މަސައްކަތް ކުރުމަކީވެސް މަނާކަމެކެވެ. މިއާ ޚިލާފްވާ ފަރާތްތަކާމެދު ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންނެވެ. އެގޮތުން ގެއްލުންދޭ ކޮންމެ ވެލާ ކަހަނބަކަށް ތިރީސްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެއްވެލާކަހަނބަށްވުރެ ގިނަ ނަމަ ކޮންމެ ވެލާ ކަހަނބަކަށް ތިރީސް ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. މީގެއިތުރުން ވެލާ ކަހަނބު އާންމުކޮށް ބިސްއަޅާ ސަރަހައްދަކަށް ގެއްލުންދީފި ނަމަ އަކަ މީޓަރަކަށް ބާރަހާސް ހަސަތޭކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.