ގްލޯނެޓް ރޯޑްޝޯ ފަށައިފި

މެލޭޝިޔާގެ ތިން ޔުނިވާސިޓީއަކާއެކު ގްލޯނެޓް ރޯޑް ޝޯ އޭދަފުށީގައި ފަށައިފި އެވެ.

އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ބާއްވާ މި ފެއާގައި މެލޭޝިޔާގެ ތިން ޔުނިވާސިޓީއަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބައެއް ޔުނިވާސިޓީތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޓެއިލާސް ޔުނިވަސިޓީ އާއި ސަންވޭ ޔުނިވަސިޓީ އާއި މާސާ ޔުނިވަސިޓީ ހިމެނެ އެވެ.

މި ޔުނިވާރސިޓީ ތަކުން ކޯސް ލިބެން ހުންނަ ދާއިރާތަކުގެ ތެރޭގައި ހެލްތް ސައިންސް، ބިޒްނަސް އިންޖިނިއަރިންގް އަދި ކޮމްޕއިޓަރ ސައިންސް ދާއިރާތަށް ހިމެނެއެވެ.

ގްލޯނެޓުން ބުނީ މިއަދު ހަވީރު 5:00 އާ ހަމައަށް ފެއާ އަށް ޒިޔާރަތްކުރެވޭނެ ކަމަށެވެ.

މި ރޯޑް ޝޯގައި، ޔުނިވާސިޓީތަކުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދީ އެ ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އަދި ރޯޑް ޝޯގެ ތެރެއިން ފޯމް ހުށަހަޅާ ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ވެސް ތައާރަފްކޮށްފަ އެވެ.

މިއީ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، 2005 ވަނަ އަހަރުން ފެށިގެން ގްލޯނެޓުން ބާއްވާ ފެއާ ފެއާ ތަކުގެ ތެރެއިން ބާއްވާ ރޯޑް ޝޯ އެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް ދެ ފެއާ އެ ކުންފުނިން ބާއްވަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.