ނެޓްބޯޅަ މުބާރާތް ހުޅުވައިދޭނީ ކްއީންސް ކްލަބާއި ފްރެންޑްސް

ބީކޭ ނެޓްބޯޅަ މުބާރާތުގެ ގުރުނެގުމުގެ ތެރެއިން

އަންނަ ބޮޑު އީދު ބަންދާ ދިމާކޮށް ބީކޭ ގްރޫޕުން އިންތިޒާމުކޮށްގެން އޭދަފުށީގައި ބާއްވާ ނެޓްބޯޅަ މުބާރާތް ކްއީންސް ކްލަބް އާއި ފްރެންޑްސް ގެ މެޗުން އަންނަ ހުކުރު ދުވަހު ހެނދުނު ފަށާނެ އެވެ.

ސެޕްޓެމްބަރު 1-5 ގެ ނިޔަލަށް ބާއްވާ މުބާރާތުގެ ގުރުއަތުނެގުން ރޭ ވަނީ ބާއްވައިފަ އެވެ.

މި މުބާރާތުގައި އަށް ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ ކްއީންސް ކްލަބް، ފްރެންޑްސް، ޔުނައިޓެޑް ވީ، ޓީމު ރެހެންދި، އެމްއޭ ޔުނައިޓެޑް، އިރުމަތީ ލަވާސް، ވެލާ ސިޓީ، އަދި އެމްއޭ ޔުނައިޓެޑް ގާލްސް އެވެ.

އަށް ޓީމު ދެ ގްރޫޕަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕެއްގައި ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުންވެސް ދެ މެޗުން މޮޅުވާ ދެ ޓީމަށެވެ.

ބީކޭ ގްރޫޕުން ބުނި މިއީ މިރަށުގައި ބާއްވާ އެންމެ ފުރިހަމައެއް މުބާރާތައް ވާނެ ކަމަށާއި މުބާރާތުގެ މެޗުތައް ވެސް ވަރަށް ފެންވަރު ރަނގަޅުވާނެ ކަމަށެވެ. މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުގައި ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިން ވެސް ހިމެނޭ ކަމަށް އެ ގްރޫޕުން ބުންޏެވެ.

އެ ގްރޫޕުން އަންނަ ބޮޑު އީދު މިރަށުގައި މަސް ރޭހެއް ބާއްވަން ވެސް ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.