މާޅޮހަށާއި ފެހެންދޫއަށް އިތުރު ޖަނަރޭޓަރެއް

ފެހެންދޫއަށް ގެނައި ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް ކުރަނީ. އީޓީ ފޮޓޯ/ ޒުހުދާ

ބ. މާޅޮހަށާއި ފެހެންދޫއަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް އެ ދެ ރަށަށް އިތުރު ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނި ގޮތުގައި މިދިޔަ ހަފްތާތެރޭ މާޅޮހަށް ގެންގޮސްފައިވަނީ 160 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. އެ ޖަނަރޭޓަރު އިންސްޓޯލްކޮށް މިހާރު އެރަށަށް ވަނީ ކަރަންޓް ދޭން ފަށައިފަ އެވެ.

މާޅޮހު އިންޖީނުގެއިން ބުނި ގޮތުގައި އެރަށުގައި ކަރަންޓް ބޭނުންކުރާ މިންވަރު މަތިވަމުންދާތީ، އެކަމަށް ހައްލެއް ހައްލެއް ހޯދުމުގެ ގޮތުން އިތުރު ޖަނަރޭޓަރެއް ބެހެއްޓުމާއެކު މިވަގުތަށް ކަރަންޓަށް ދިމާވެފައިވާ ޝޯޓޭޖުގެ މައްސަލަ ވަނީ ހައްލުކުރެވިފަ އެވެ.

ފެހެންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން އެރަށަށް ފޮނުވާފައިވަނީ 80 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. އިންޖީނާއެކު ޕެނަލް ބޯޑެއް ވަނީ ގެނެސްފަ އެވެ.

ފެހެންދޫގައި މިވަގުތު ކަރަންޓް ދިނުމަށް ބޭނުންކުރަނީ 30ކިލޯވޯޓް އަދި 50ކިލޯ ވޯޓްގެ ޖަނަރޭޓަރެކެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނި ގޮތުގައި އާ ޖަނަރޭޓަރަކާއެކު ޕެނަލް ބޯޑެއް ފެނެހެންދޫއަށް ގެންދިޔައީ އެރަށުގައި އަލަށް އަޅަމުންދާ އިންޖީނުގެ ހުޅުވުމުގެ ކުރިން ކަރަންޓްގެ ކެޕޭސިޓީ މަތިކޮށް ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. އަދި އާ ޖަނަރޭޓަރު އަންނަ ބޮޑުއީދުގެ ކުރިން ޕެނަލް ބޯޑާ ގުޅާލައި ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ރީޖަނަލް އޮފީހުން ބުންޏެވެ.

ފެނަކަ ކޯޕަރޭޝަނުން މިދިޔަ މަހު ވަނީ އޭދަފުއްޓަށް ވެސް 800 ކިލޯވޯޓްގެ އިތުރު ޖަނަރޭޓަރެއް ގެނަސް ކަރަންޓްދޭން ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.