އުރީދޫގެ ބްރޯޑްބޭންޑުގެ ޚިދުމަތް މުޅި ރާއްޖެއަށް!

ފަސޭހަ ހޯމް ބްރޯޑްބޭންޑް ތައާރަފްކުރުމާއި އެކު، އުރީދޫގެ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މިއަދު ފުޅާކޮށްފި އެވެ.

އުރީދޫން ބުނިގޮތުގައި ފަސޭހަ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ފައިދާ ތަކާއި ފުރުސަތުތައް ލިބިގެންދާނެ އެވެ.

“އުރީދޫ އަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އާއިލާތަކާއި ވިޔަފާރިތަކަށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ޚިދުމަތުގެ ގިނަގުނަ ފައިދާތަކާއި ގުޅުވާލަދިނުން. މިއަދު، ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ހޯމް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކުރުމާއި އެކު، ޑިޖިޓަލް ދިވެހިރާއްޖެ އެއް ގާއިމްކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔުމީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއް،” އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫން ބުނިގޮތުގައި ފަސޭހަ ހޯމް ބްރޯޑްބޭންޑު ފަރުމާކުރެވިފައި ވަނީ ކޮންމެ ބޭފުޅަކަށްވެސް، ޚިދުމަތް ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ އަމާޒާއި އެކު، މާކެޓުގައި އެންމެ އަގުހެޔޮ ރޭޓު ތަކުގަ އެވެ.

“އަދި އަޅުގަނޑުމެންގެ އުއްމީދަކީ އެބޭފުޅުންގެ މަސައްކަތްތަކާއި އުންމީދުތަކާއިގެން ކުރިއެރުމުގައި، މި ޚިދުމަތް އެހީތެރިވެދިނުން.”

އުރީދޫން ބުނީ ނަމުން ވެސް ދޭހަވެގެންދާ ފަދައިން، ފަސޭހައިން ބޭނުންކުރެވޭ، ހަލުވި، އަދި އަގުހެޔޮ ބްރޯޑްބޭންޑް ޚިދުމަތެއް ބޭނުންވާ ފަރާތްތަކަށް، ފަސޭހަ ހޯމް ބްރޯޑްބޭންޑަކީ ވަރަށް ފުރިހަމަ ޙައްލެކެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކުން، މި ޚިދުމަތް ބައްލަވައިގަނެވޭނެ އެވެ. އަދި ޚިދުމަތް ފޯރުކޮށްދެވޭނީ، ކަސްޓަމަރަށް ލިބޭއިރުވެސް ސެޓަޕް ފުރިހަމަ ކޮށް، އެކްޓިވޭޑް ކޮށްފައިވާ ރައުޓަރ އެއް މެދުވެރިކޮށެވެ. އެގޮތުން، މިނިޓެއް ތެރޭގައި ވެސް، ގެއަށް ޕްލަގް ކޮށް، ފަސޭހަކަމާއި އެކު ހަލުވި ސްޕީޑްގެ އިންޓަނެޓް ބޭނުންކުރަން ފޭށޭނެކަމަށް އުރީދޫން ބުންޏެވެ.

އެކި އާއިލާތަކުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް، އުރީދޫ އިން ވަނީ 10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ، ތަފާތު ތިން ޕެކޭޖެއް ތައާރަފްކޮށްފައެވެ:
ޕެކޭޖްތައް
ހޯމް ބްރޯޑްބޭންޑް 50: 699ރ (50 ޖީބީ)
ހޯމް ބްރޯޑްބޭންޑް 120: 990ރ (120 ޖީބީ)
ހޯމް ބްރޯޑްބޭންޑް 180: 951ރ (180 ޖީބީ)

ޕެކޭޖުގެ ވެލިޑިޓީ ޕީރިއަޑުތެރޭގައި، ލިބިފައިވާ ޑޭޓާ އެލަވަންސް ހުސްވިކަމުގައި ވިއަސް، އެއްވެސް އިތުރު ޗާޖަކާއި ނުލާ، ދަށް ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކުރެވޭނެއެވެ. ހަމައެއާއި އެކު، ފަސޭހަ ބޫސްޓާރ އެއް ޚިޔާރުކޮށްގެން، ޑޭޓާ އެލަވަންސް އިތުރު ކުރެވޭނެއެވެ. ހޯމް ބޫސްޓަ ޕެކޭޖުގައި 100 ރުފިޔާއަށް 7 ޖީބީ ލިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.