ބ. އަތޮޅު މަދަރުސާއިން ހުރިހާ ގޮތަކުން އެއް ވަނަ ނައްފާހު އަށް

ބ. އަތޮޅު މަދަރުސާގެ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން- ފޮޓޯ/ބ. އަތޮޅު މަދަރުސާ

ބ. ދަރަވަންދޫގައި ހުންނަ މިއަތޮޅު މަދަރުސާއިން މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ނައްފާހު އަހްމަދު ނަސީރު ހޯދައިފި އެވެ.

އެ ސްކޫލުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ނައްފާހު އަށް އިނާމުތައް ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓި ޑިރެކްޓަ ޖެނެރަލް އާދަމް ނަޝީދު އެވެ.

ނައްފާހު ވަނީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ހެދި އަށް މާއްދާ އިން އޭ ހޯދައިގެން ރާއްޖޭގެ ގަދަ 10 އަކުން ވެސް އެއް ވަނަ ހޯދައިފަ އެވެ. ނައްފާހުގެ އިތުރުން އިތުރު 2 ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10ގެ 9 ވަނައިގައި ހިމެނިފައެވެ.

ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނާޞިޙް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ ސްކޫލުގެ ދަރިވަރުން އޯ ލެވެލް އިމްތިހާނުން ވަރަށް ބޮޑުތަން ކުރިއަރައިގެން ގޮސްފައިވާ ކަމަށް ކަމަށެވެ. ސްކޫލުގެ ތާރީޚްގައި އޯލެވެލްއިން އެންމެ މަތީ ނަތީޖާ އެއް ހޯދިފައިވެސް ވަނީ މިދިޔަ އަހަރުއެވެ.

ހުކުރު ދުވަހުގެ ރޭ އެ ސްކޫލުގެ ހޯލުގައި ބޭއްވި ހަފުލާގައި ސްކޫލުގެ 100 އަށްވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފަ އެވެ.

މިޖަލްސާގައި، ސްކޫލުން ދޭ އެކިއެކި އިނާމްތަކުގެ އިތުރުން، ޕީ.ޓީ.އޭ އިން ދޭ ދަރަވަންދޫ ފިއުލް ސާވިސް ޕީޓީއޭ އެވޯޑް ގެ ގޮތުގައި އޯލެވެލް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރަށް ދޭ ލެޕްޓޮޕްވެސް ވަނީ ދީފަ އެވެ

މީގެ އިތުރުން ޖަލްސާގައި ސްކޫލުގެ ރަސްމީ ލަވަ (އަޅުގަނޑުމެންގެ ޢަޒުމް) ވަނީ ތަޢާރަފް ކޮށްފަ އެެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.