ރޭންޖާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި

ރޭންޖާސް ޓްރޭނިން ވޯކްސޮޕްގެ ބައިވެރިންނަށް އޮޅުގިރީގަިއ ކުރިއަށްދިޔަ ސެޝަނެއްގެ ތެރެއިން. ފޮޓޯ/ ބަޔޮސްފިއާ

ދުނިޔޭގެ އެކި ހިސާބުތަކުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރަމުންދާ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ރޭންޖަރުންނަށް ހާއްސަކޮށްގެން ބޭއްވި ތަމްރީން ޕްރޮގްރާމުނިމި ބަިއވެރިންނަށް ސެތްފިކެޓް ދިފި އެވެ.

ތިމާވެށި ރައްކާތެރިކުރަން މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށް ވާ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަ (އައިޔޫސީއެން) އާ އެންވަރަމެންޓް މިނިސްޓްރީ އާ ގުޅިގެން “އެކްސެލެންސް އިން ފީލްޑް މެނޭޖްމެންޓް އޮފް ނެޗްރަލް ރިސޯސަސް، އަ ޓެކްނިކަލް ޓްރޭނިން ފޯ ރޭންޖާސް” ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި މިއަތޮޅު ގައި ހިމާޔަތްކޮށްފައިވާ ތަންތަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މީހުން ބައިވެރިވި އެވެ.

ރޭންޖާސް ޓްރޭނިން ވޯކްސޮޕްގެ ބައިވެރިންނަށް އޮޅުގިރީގައި ފޮޓޯ/ ބަޔޮސްފިއާ

އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ ފުރަތަމަ ތަމްރީން ޕްރޮގްރާމެކެވެ. ތަމްރީން ޕްރޮގްރާމުގެ ބައިވެރިން ވަނީ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތައް ހިމެނޭ ގޮތަށް މިއަތޮޅުގައި ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކަށް ޒިޔާރަށްކޮށް ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔަވައިދެއްވީ ދުނިޔޭގެ އެންމެ ބޮޑު ފަރު ކަމަށްވާ އޮސްޓްރޭލިޔާގެ ގްރޭޑް ބެރިއާ ރީފް ފެ މެރިން ޕާކް އޮތޯރިޓީގައި މަސައްކަތް ކުރައްވާ ދެ ތަޖުރިބާ ކާރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.