ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ

މިިދިޔަ އަހަރުގެ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންޖޯއި ފްރެންޑްސް އާއި ސައިނޯސާ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެވެސް އަޞްހާ އީދު ބަންދުގައި އޭދަފުށީގައި ކުރިޔަށްގެންދާ “ފްރެންޑްލީ ޔޫތް ކަޕް” ފުޓްބޯޅަ މުބާރާތް މިއަދު ހަވީރު ފަށާނެއެވެ.

މިއަދު ހަވީރު މުބާރާތް ހުޅުވައިދޭ މެޗްގައި ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި އެންޖޯއި ފްރެންޑްސްއެެވެ.

މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެންޕިއަން އެމް.އޭ ޔުނަައިޓެޑް ، ޔުނައިޓެޑް ވީ، ސައިނޯސާ، އެންޖޯއި ފްރެންޑްސް، ހުސްސޮގުން، ވެލާ ސިޓީ އަދި މި އަހަރު މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޑައުންޓައުން އެފްސީ އެވެ.

މި މުބާރާތުގައި މިއަަހަރު ގައުމީ ފުޓްބޯޅަ ޓީމު ސްކޮޑަށް ނެގި އެއްވެސް ކުޅުންތެރިޔަކު ނުފެނުން ކަމުގައިވިޔަސް ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ ކުޅުންތެރިންނާއި ރާއްޖެއިން ބޭރުގެ ކުޅުންތެރިންގެ އިތުރުން ކްލަބް އީގަލްސް ވޭތިވިޔަ 2 ސީޒަންގައި ވެސް މޮޅު ކުޅުމެއްދެކި ކީޕަރ ސުޖަން ޕެރޭރާ ވެސް މި މުބާރާތުގައި ފެނިގެންދާނެއެވެ. އެހެންކަމުން މިއަހަރު މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ މުބާރާތުގެ ފޯރި ގަދަ ވާނެކަމަށްވަނީ ބެލެވިފައެވެ.

އީގަލްސްގެ ކީޕަރ ސުޖަން ޕެރޭރާ (ވ) އެޓީމުގެ އޮފިޝަލަކާއެކު ، މިއަދު ފަށާ ފްރެންޑްލީ ޔޫތް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ކީޕަރ ފެނިގެންދާނެ | ފޮޓޯ:ނިޝާންއަލީ / މިހާރު

ނިމިދިޔަ މާލޭ ލީގުގެ އެންމެ މޮޅު ކީޕަރުގެ މަގާމަށް ހޮވުނު ސުޖަން ވަނީ މި ސީޒަނުގައި އީގަލްސް އަށް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އީގަލްސް އިން ލީގުގެ ތިން ވަނަ ހޯދި ނަމަވެސް ފުރަތަމަ ދެ ބުރުގައި އެ ޓީމުން ލީގުގެ ކުރީގައި ޑޮމިނޭޓްކުރި އިރު، އެންމެ މުހިއްމު ދައުރެއް އަދާކުރީ އޭނާ އެވެ. ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ސުޖަން ވަނީ ލަނޑެއް ވައްދާނުލާ 13 މެޗު ނިންމާލައިފަ އެވެ. އީގަލްސްގައި ދެއްކި މޮޅު ކުޅުމާ އެކު ސުޖަން އަށް ލަންކާ ގައުމީ ޓީމުގެވެސް ގޯލް ކީޕަރެވެ.

މި މުބާރާތުގެ މިއަހަރުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އިޓީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.