އެންޖޯއީ ފްރެންޑްސް ބަލިކޮށް ޔުނައިޓެޑް ވީ އަށް ރަނގަޅު ފެށުމެއް

އެންޖޯއީ ފްރެންޑްސް އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ/ރާއިފް ޔޫސުފް

ބޮޑު އީދު ބަންދާ ގުޅުވައިގެން ބާއްވާ ފްރެންޑްލީ ޔޫތު ކަޕް މުބާރާތުގެ ފުރަތަމަ މެޗުން އެންޖޯއީ ފްރެންޑްސް އަތުން 2-0 އިން ޔުނައިޓެޑް ވީ މޮޅުވެއްޖެ އެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ވެސްޓީމަށް ލަނޑެއް ނުޖެހި އެވެ.

ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑް ވީގެ އަންސަރު އިބްރާހިމް އެ ޓީމަށް ލީޑު ނެގިއިރު، އަނޫސް މުހައްމަދުގެ އެހީތެރިކަމާއެކު ދެވަނަ ލަނޑު ކާމިޔާބުކުރީ ހައްފާފު ސިދުގީ އެވެ.

އޭގެ ފަހުން އެންޖޯއި ފްރެންޑްސް ޓީމުން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ގޯލެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެންޖޯއި ފްރެންޑްސް ޓީމަށް ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތުގައި ގޯލަށް ފޮނުވާލި ބޯޅަ ގޯލް ލައިން މަތިންކަހަލަ ގޮތަކަށް އަހުމަދު ނުއުމާން (ހެލްމެޓް) ވަނީ ބޮލުން ޖަހާ ބޯޅަ ކުޅުމުގެ ތެރެއަށް ފޮނުވާލާފަ އެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު ޔުނައިޓެޑް ވީ ގެ އަނޫސް މުހައްމަދު . ފޮޓޯ/ރާއިފް ޔޫސުފް

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޔުނައިޓެޑް ވީގެ އަނޫސް މުހައްމަދު އަށެވެ.

މި މުބާރާތުގައި މާދަމާ ދެ މެޗު ކުޅޭނެ އެވެ. ހެނދުނު ކުޅޭ މެޗުގައި އެންމެފަހުގެ ޗެމްޕިއަން އެމްއޭ ޔުނައިޓެޑާ ބައްދަލުކުރާނީ ސައިނޯސާ އެފްސީ އެވެ. މެޗު ފަށާނީ 7:00 ގަ އެވެ. ހަވީރު ކުޅޭ މެޗުގައި ޑައުންޓައުން އާއި ދެކޮޅަށް ނުކުންނާނީ ހުސްސޮގުން ޓީމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.