ޗެންޕިއަން އެމް.އޭ ޔުނައިޓެޑް ކައިރިން ސައިނޯސާ އަށް ހަނި މޮޅެއް

މިއަދު ހެނދުނު އެމް.އޭ ޔުނައިޓެޑާއި ސައިނޯސާ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން އޭދަފުށީގައި މިހާރު ކުރިޔަށް ގެންދާ ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގައި މިއަދު ހެނދުނު އެމް.އޭ ޔުނައިޓެޑާއި ސައިނޯސާ ބައްދަލުކުރި މެޗް ހަނި ގޮތަކަށް ސައިނޯސާ މޮޅުވެއްޖެއެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ސައިނޯސާ ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި 2 ޓީމަށްވެސް ގޯލާ އަމާޒުކޮށް މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފުގައި ސައިނޯސާ އަށް ލީޑު ނަގައިދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސްއެވެ. ސައިނޯސާއިން ގޯލް ޖެހި ފަހުން ނަތީޖާ ހަމަހަމަ ކުރުމަށް އެމް.އޭ ޔުނައިޓެޑް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެއީ ގޯލް އޭރިޔާ ލައިން މަތިން ކަހަލަ ގޮތަކަށް އެމް.އޭ ޔުނައިޓެޑްގެ ހުސައިން ޝިހުބާން (ބައްޓޭ) އަށް ފައުލް ކުރުމާ ގުޅިގެން ލިބުނު ހިލޭ ޖެހުމެކެވެ. ނަމަވެސް ގޯލަށް އަމާޒުވި އެ ބޯޅަ ސައިނޯސާ ޓީމުގެ ކީޕަރ ސިނާން ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސައިނޯސާ ޓީމުގެ ބިދޭސީ ކުޅުންތެރިއެއް ކަމަށްވާ ޗިންޑާ ކަކާއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާ މެޗްގައި ބައްދަލުކުރާނީ ޑައުންޓައުން އާއި ހުސްސޮގުން ޓީމެވެ.

މި މުބާރާތުގެ މިއަހަރުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އިޓީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.