ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގު ތަށި ސޮނެވާފުށި ބަލިކޮށް އަންނަތަރާ ކިހަވައް ވިލާސް އިން ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު މެންދުރު ކުޅުނު ފައިނަލު މެޗު އަނަންތަރާއިން ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ.
ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ މި ފަހަރުގެ މުބާރާތުގައި އަނަންތަރާ އަށް މޮޅު ކުޅުމެއް ދައްކި ގައުމީ ޓީމުގެ ކުޅުންތެރިއާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
މި ދެ ޓީމު ވަނީ ޒޯން ފަހެއްގެ ފައިނަލުގައި ވެސް ބައްދަލުކޮށްފަ އެވެ. ފައިނަލުން ވާދަވެރި ކުޅުމަކަށް ފަހު ކުރިހޯދީ ސޮނޭވާފުށިންނެވެ.