ޑައުންޓައުން ކައިރިން ހުސްސޮގުންނަށް ފަސޭހަ މޮޅެއް

މިއަދު ހަވީރު ހުސްސޮގުން ޓީމާއި ޑައުންޓައުން ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން އޭދަފުށީގައި މިހާރު ކުރިޔަށް ގެންދާ ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ޑައުންޓައުން އާއި ހުސްސޮގުން ބައްދަލުކުރި މެޗް ފަސޭހަކަމާއެކު ހުސްސޮގުން ޓީމުން ކާމިޔާބުކޮށްފިއެވެ.

މި މެޗް ހުސްސޮގުން ޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗްގެ ފުރަތަމަ ހާފުގެ 10 ވަނަ މިނިޓްގައި ހުސްސޮގުން ޓީމަށް ލީޑު ނަގައިދިނީ އަބްދުއް ސަލާމް ހާމިދެވެ.

އޭގެ ފަހުން ހުސްސޮގުން ޓީމަށްވަނީ ގޯލް ޖަހާނެ ގިނަ ހުސް ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ލިބުނު ގިނަ ފުރުސަތު ތަކުގެ ހުރަހަކަށްވީ ޑައުންޓައުންގެ ކީޕަރ އަދި ލަންކާ ގައުމީ ޓީމުގެވެސް ކީޕަރ ސުޖަން ޕެރޭރާއެވެ. އޭނާ ވަނީ މި މެޗްގައި މޮޅެތި ސޭވްތަކެއް ކޮށްފައެވެ. މިއަހަރު އަލަށް މި މުބާރާތުގައި ވާދަކުރާ ޑައުންޓައުން އަށް ގޯލާ އަމާޒުކޮށް ހަމަލާތަށް ނުއުފެއްދުނަސް އެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމުއް ފެނިގެން ގޮސްފައެވެ. ހުސްސޮގުން ޓީމުގެ 2 ވަނަ ލަނޑަކީ ޑައުންޓައުން ޓީމުން ބައިކޮޅަށް ޖެހި ލަނޑެކެވެ. ބައިކޮޅަށް މި ގޯލް ޖެހި ޑައުންޓައުންގެ ތޯއިފް އިމާދެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހުސްސޮގުން ޓީމުގެ އަހުމަދު ހުމައިދެވެ.

މި މުބާރާތުގައި މާދަމާ ހެނދުނު އޮންނަ މެޗްގައި ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި ސައިނޯސާއެވެ. އަދި ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ އެމް.އޭ ޔުނައިޓެޑާއި އެންޖޯއި ފްރެންޑްސްއެވެ.

މި މުބާރާތުގެ މިއަހަރުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އިޓީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.