ޑައުންޓައުން ވުމެންސް ފުޓްސަލް ޓޯނަމެންޓް ފަށައިފި

މިރޭ މަގޫ ސްޓާރ އާއި ފްރެންޑްސް ކުޅުނު މެޗްގެ ތެރެއިން

ކްލަބް ޑައުންޓައުން އިން އިންތިޒާމްކޮށްގެން އަޞްހާ އީދު ބަންދުގައި އޭދަފުށީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ޑައުންޓައުން ވުމެންސް ފުޓްސަލް ޓޯނަމެންޓް 2017” މިރޭ ފަށައިފިއެވެ.

މުބާރާތް ހުޅުވި މެޗްގައި މިރޭ ބައްދަލުކުރީ އެންމެ ފަހުން ޗެންޕިއަން މަގޫ ސްޓާރ އާއި ފްރެންޑްސް ޓީމެވެ. މި ފަސޭހަކަމާއެކީ 2-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މަގޫ ސްޓާރ ޓީމުންނެވެ. މި މެޗްގައި މަގޫ ސްޓާރ ޓީމުން ކާމިޔާބުކުރި 5 ލަނޑުގެ ތެރެއިން 4 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އައިމިނަތު ޒާހިޔާއެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ އަންހެން ގައުމީ ޓީމް ކެޕްޓަން ފަދުވާ ޒާހިރެވެ. ފްރެންޑްސް ޓީމުން މި މެޗްގައި ކާމިޔާބުކުރި ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ ފާތިމަތު ޒީނިޔާ އަދި އައިޝަތު އީމާންއެވެ.

މި މެޗްގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މެޗްގައި މޮޅު ކުޅުމެއް ދެއްކި މަގޫ ސްޓާރ ޓީމުގެ އައިމިނަތު ޒާހިޔާއެވެ.

މިރޭ އިރުމަތި ލަވާރސް އާއި ހުސްސޮގުން ޓީމު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގައި މިރޭ ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ އެންމެ ފަހުން ރަނަރަޕް ހުސްސޮގުން ޓީމާއި އިރުމަތި ލަވާރސް ޓީމެވެ. މި މެޗް 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިރުމަތި ލަވާރސް ޓީމެވެ. މިރޭގެ މެޗްގައި އައިމިނަތު ޝާމިލާ 4 ލަނޑު ކާމިޔާބުކޮށްދިން އިރު ފާތިމަތު ޝާލިޔާ ވަނީ 2 ލަނޑު އިރުމަތި ލަވާރސް ޓީމަށް ކާމިޔާބުކޮށްދީފައެވެ. މި މެޗްގައި އިރުމަތި ލަވާރސް ޓީމުގެ ޝާލިޔާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ހުސްސޮގުން ޓީމުން މި މެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަރީޝާ ރިޒާއެެވެ.

މި މެޗްގެ ކްއީން އޮޮފް ދަ މެޗަކަށް ހޮވިފައިވަނީ އިރުމަތި ލަވާރސް ޓީމަށް 4 ލަނޑު ކާމިޔާބުކޮށްދިން އައިމިނަތު ޝާމިލާއެވެ.

މި މުބާރާތުގައި މާދަމާ 4 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މާދަމާގެ މެޗް ޝެޑިޔުލް
6:30 މަގޫ ސްޓާރ – ވެލާ ސިޓީ
7:30 ފްރެންޑްސް – ހުސްސޮގުން
20:30 އިރުމަތި ލަވާރސް ފެމިނަ – ވެލާ ސިޓީ
21:30 މަގޫ ސްޓާރ – ހުސްސޮގުން

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.