ސައިނޯސާ ސެމީ އަށް، އެންޖޯއި ފްރެންޑްސް ކަޓައިިފި

މި މުބާރާތުގައި މިއަދު ހެނދުނު ސައިނޯސާ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓީ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން އޭދަފުށީގައި މިހާރު ކުރިޔަށް ގެންދާ ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗްތަށް ސައިނޯސާ އަދި އެމް.އޭ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

މިއަދު ހެނދުނު އޮތް މެޗްގައި ބައްދަލުކުރީ ސައިނޯސާ އާއި ޔުނައިޓެޑް ވީ އެވެ. މި މެޗް ޔުނައިޓެޑް ވީ ގެ މައްޗަށް 0-2 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ސައިނޯސާ އެވެ. މި މެޗްގެ 18 ވަނަ މިނިޓްގައި ސައިނޯސާ ޓީމަށް ލީޑު ނަގައިދިނީ ހަމްދާން އަބްދުއްސައްތާރެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ގޯލް އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ސީދާ ގޯލްގެ މަތީ ކަނަށް ވައްދާލައިގެންނެވެ. މި މެޗްގައި ޔުނައިޓެޑް ވީ އަށް ގޯލަށް އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއްނުވެއެވެ. ސައިނޯސާއިން ކާމިޔާބުކުރި ދެވަނަ ލަނޑު 34 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހުސައިން ސިމާޒް (ކޮކީ) އެވެ.

މި މުބާރާތުގައި މިއަދު ހަވީރު އެންޖޯއި ފްރެންޑްސް އާއި އެމް.އޭ ޔުނައިޓެޑް ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގައި މިއަދު ހަވީރު އެމް.އޭ ޔުނައިޓެޑާއި އެންޖޯއި ފްރެންޑްސް ބައްދަލުކުރި މެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމް.އޭ ޔުނައިޓެޑްއެވެ. މި މެޗްގެ ފުރަތަމަ ހާފްގައި 2 ޓީމަށްވެސް ގޯލް ޖަހަން ފުރުސަތު ލިބުނު ނަމަވެސް އޭގެ ބޭނުން ހިފިފައެއްނުވެއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް ދެވަނަ ހާފް ފެށިތާ 9 ވަނަ މިނިޓްގައި އެމް.އޭ ޔުނައިޓެޑް ގެ މުހައްމަދު ފާސިރު (ފާއްޓެ) ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ނަތީޖާއާއެކު ގްރޫޕް ސްޓޭޖްގެ 2 މެޗުން ބަލިވުމުގެ ސަބަބުން އެންޖޯއި ފްރެންޑްސް ވަނީ މުބާރާތުން ކަޓާފައެވެ. އެޓީމަށް މި މުބާރާތުގައި ދެން ހަމައެކަނި އޮތް މެޗަކީ ގްރޫޕް ސްޓޭޖްގެ ފަހު މެޗެވެ. އެ މެޗްގައި 2 ސެޕްޓެމްބަރ ގައި އެންޖޯއި ފްރެންޑްސް ނިކުންނީ ވާދަވެރި ސައިނޯސާ އާދެކޮޅަށެވެ.

މާދަމާވެސް މި މުބާރާތުގެ 2 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ހެނދުނު 9:00 ގައި ބައްދަލުކުރާނީ ވެލާ ސިޓީ އާއި ހުސްސޮގުންނެވެ. ހަވީރު އޮންނަ މެޗްގައި ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި އެމް.އޭ ޔުނައިޓެޑްއެވެ.

މި މުބާރާތުގެ މިއަހަރުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އިޓީ) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.