“މަށަށްވެސް ރުކެއް-އޭދަފުށީ” ކެމްޕޭން ފަށައިފި

“މަށަށް ވެސް ރުކެއް – ބ. އޭދަފުށި” ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ރުއް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން. އީޓީ ފޮޓޯ/ތޯރިގް

އޭދަފުށީގެ ކޮންމެ މީހަކަށް ރުކެއް އިންދުމުގެ ގްރޮގްރާމެއް މުޅި ރާއްޖެ އަށް މަޝްހޫރު އަދި އެންމެންގެ އިތުބާރު ލިބިފައިވާ އިލެކްޓްރޯނިކް ފިހާރައެއް ކަމަށްވާ އޭޖޭއީ އެމްޕޯރިއަމް އިން މިއަދު ފަށައިފި އެވެ.

 

“މަށަށް ވެސް ރުކެއް – ބ. އޭދަފުށި” މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު މިއަދު ހަވީރު ފައްޓަވައިދެއްވީ އޭދަފުށީގެ ފޫޅުމާއެއް ކަމަށްވާ މިރަށު ގުލްބަކާގޭ ހަސީނާ މުހައްމަދު (ހަސީނައްތަ) އެވެ.

 

“މަށަށް ވެސް ރުކެއް – ބ. އޭދަފުށި” ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ރުއް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން. އީޓީ ފޮޓޯ/ތޯރިގް

ގަސް އިންދުމުގެ ހަރަކާތުގައި އިސްކޮށް އުޅުއްވި މީހަކު ބުނި ގޮތުގައި މި ޕްރޮގްރާމަކީ ފަހަކަށް އައިސް މުޅި ރާއްޖޭގައި ވެސް ކާށި ލިބުން ވަނީ ވަރަށް ބޮޑަށް މަދުވެ ކާށީގެ އަގު އަރައިގެން ގޮސްފައިވާތީ އޭދަފުށީގެ ދަރިންތަކެއްގެ އިސް ނެގުމުގެ މަތިން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގާރާމުގެ ދަށުން މިއަދު ހަވީރު މިރަށު ހުޅަނގު އުތުރު ސަރަހައްދުގައި 200 އެއްހާ ރުއް ވަނީ އިންދާފަ އެވެ. އަދި އެ ރުއްތަކަށް ފެންދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފަ އެވެ.

“މަށަށް ވެސް ރުކެއް – ބ. އޭދަފުށި” ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ރުއް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން. އީޓީ ފޮޓޯ/ތޯރިގް

“އުއްމީދު ކުރަނީ މިއަދު ފެށީ މި ޕްރޮގްރާމު އެންމެންގެ ބައިވެރިވުމާއެކު އަހަރެއްހާ ދުވަހުގެ ތެރޭގައި ރަށުގެ ކޮންމެ މީހަކަށް ރުކެއް އިންދޭނެ ކަމަށް،”

“މަށަށް ވެސް ރުކެއް – ބ. އޭދަފުށި” ކެމްޕޭން ފެށުމުގެ ގޮތުން ބޭއްވި ރުއް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން. އީޓީ ފޮޓޯ/ތޯރިގް

ގިނަ އަދަދެއްގެ ރުއް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފެށި އިރު މިމަހު ކުރީކޮޅު ވަނީ ފޭލި ޖަމިއްޔާއިން އޭދަފުށީ ފެހިކުރުމުގެ ކެމްޕޭނެއް ފަށައިފަ އެވެ. ސޮނެވާފުއްޓާއި ރަށޫ ކައުންސިލު އަދި ސްކޫލުގެ ތިމާވެށި ކްލަބު ގުޅިގެން ފެށި އެ ޕްރޮގްރާމުގެ ދަށުން ވެސް ރަށުގެ ސްޓޭޖް ސަރަހައްދުގައި ހިޔާދޭ ބޮޑެތި ގަހާއި ރުއް އިންދާފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.