އީދު ނަމާދުގެ އިންތިޒާމުތައް ވަރަށް ފުރިހަމަ

އޭދަފުށީ ބޮޑު މިސްކިތް. މަހު ފަށާނެ– ފައިލް ފޮޓޯ

އޭދަފުށީ ބޮޑު މިސްކިތުގައި މިފަހަރުގެ އީދު ނަމާދުގެ އިންތިޒާމުތަކެއް ވަރަށް ފުރިހަމަ ކަމަށް ގިނަ ބަޔަކު ފާހަގަ ކޮށްފި އެވެ.

މީގެ ކުރީ އަހަރު ތަކުގައި އީދު ނަމާދުގެ އިންތިޒާމުތައް ހަމަޖައްސާ ގޮތުން ބޮޑެތި މައްސަލަތަކެއް ދިމާވެ، ގިނަ ބަޔަކު ޝަކުވާ ކުރެއެވެ. އެގޮތުން ގިނަ ބަޔަކު އަބަދުވެސް ކުރާ އެންމެ ބޮޑު އެއް ޝަކުވާ އަކީ އަންހެން ފިރިހެން ވަކި ނުވާގޮތަށް ޖަމާއަށް ހަދާފައި އޮތުމެވެ.

އޭދަފުށީ ކައުންސިލުން މިފަހަރު ވަނީ ފުރަތަމަ ފަހަރަށް އީދު ނަމާދުކުރާ ސަރަހައްދުގެ ޓްރެފިކް ފްލޯ ޗާޓެއް ވެސް ހަދައިފަ އެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފަ އެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.

“ވަރަށް ވަރަށް ފުރިހަމަ މިފަހަރުގެ އީދު ނަމާދުގެ އިންތިޒާމުތައް. މިފަހަރު ނޫނީ މިސްކިތުގެ ތެރެއިން އެހާ ފަސޭހައިން ޖާގަ ލިބުނު ފަހަރެއް ވެސް ނުދޭ،” އީދު ނަމާދަށް ދިޔަ ފިރިހެނަކު ބުންޏެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ، އީދު ނަމާދުތަކުގައި ޖާގައިގެ މައްސަލަ އާއި ދެ ޖިންސް އެއްކޮށް ނަމާދު ކުރާ މައްސަލަގެ ޝަކުވާތައް ލިބޭތީ މިފަހަރު ބޮޑަށް ބެލީ އެކަންތައްތައް ހައްލުކުރުމަށް ކަމަށެވެ. އެގޮތުން އީދު ނަމާދުކުރި ސަރަހައްދުގެ މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން އޭނާ ފާހަގަ ކުރި އެވެ.

“ފުލުހުންނަށާއި އީދު ނަމާދަށް އެ ސަރަހައްދު ތައްޔާރުކޮށްދިނުމުގައި ހަރަކާތްތެރިވި ޓީމަށް ކައުންސިލުން ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އިރާދު ކުރެއްވިއްޔާ އަންނަ އަހަރު އީދު ނަމާދު އެންމެން ގުޅިގެން މައިދާނެއްގައި ބޭއްވޭތޯ މަސައްކަތް ކުރާނަން” ތޮލާލު ވިދާޅުވި އެވެ.

މިއަދު ފާހަގަކުރާ އަޟްހާ އީދަކީ އެންމެ ބޮޑު އީދުކަން ފާހަގަކޮށް، ޚުތުބާގައި ބުނީ މިއީ އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެއް ކަމަށާއި މިއީ އެންމެ މާތް ދިހަ ދުވަހުގެ ތެރެއިން އެންމެ ފަހު ދުވަސް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.