ބޮޑު އީދާ ދިމާކޮށް ދިރާގުން ޚާއްސަ ޑޭޓާ ޕެކްތަކެއް މިއަދު ތައާރަފުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ބުނީ މިއަދު ފާހަގަކުރާ މި އަހަރުގެ އަޟްހާ އީދު ދުވަހުގެ އުފަލާ ގުޅިގެން ދިރާގުން “ބޮޑު އީދު ޑޭޓާ ޕެކް”ގެ ނަމުގައި ވަރަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ އެއީ އިތުރު ޑޭޓާ ލިބިގެން ދާ ޕަވަ ޑޭޓާ ޕްލޭންތަކެއް ކަމަށެވެ. އޭގެ އިތުރުން ކޮންމެ ޑޭޓާ ޕްލޭނެއް ގަތް ނަމަވެސް ވައިބާ ބޭނުން ކުރުމަށް ދެ ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ޑޭޓާ ޕެކް ވިއްކަނީ އެއް ޖީބީ 99ރ. އަށް، ހަތަރު ޖީބީ 199ރ. އަށް އަދި ހަ ޖީބީ 249ރ. އަށެވެ. އެ ޕެކް ގަނެވޭނީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހާ ދެމެދު އެވެ. އަދި ޑޭޓާ ޕެކް ގަންނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
މި ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރަން ޖެހެނީ #2*8*123* ގުޅައިގެންނެވެ. ނުވަތަ ADD(space)SMS KEYWORD ޖެހުމަށްފަހު 343 އަށް މެސެޖް ކޮށްގެން ވެސް އެ ޕެކް އެކްޓިވޭޓް ކުރެވެ އެވެ.