ހުސްސޮގުން އަދި ޔުނައިޓެޑް ވީ ސެމީ އަށް ، ޗެންޕިއަން އެމް.އޭ ޔުނައިޓެޑް ކަޓައިފި

މިއަދު ހަވީރު އެމް .އޭ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން އޭދަފުށީގައި މިހާރު ކުރިޔަށް ގެންދާ ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގައި ސެމީ ފައިނަލަށް ހުސްސޮގުން އަދި ޔުނައިޓެޑް ވީ ދަތުރު ކުރިއިރު ޗެންޕިއަން އެމް.އޭ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.

މި މުބާރާތުގައި މިއަދު ހެނދުނު 9:00 ގައި ބައްދަލުކުރީ ހުސްސޮގުން ޓީމާއި ވެލާ ސިޓީއެވެ. މި މެޗް 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުސްސޮގުން ޓީމެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވުނު ނަމަވެސް ދެވަނަ ހާފްގެ 7 ވަނަ މިނިޓްގައި ހުސްސޮގުން ޓީމުގެ އަބްދުއް ސަލާމް ހާމިދު ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ދެވަނަ ލަނޑު މެޗްގެ 57 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަހުމަދު ހުމައިދެވެ. އެހެންނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ވެލާ ސިޓީއަށް ލިބުނު ޕެނަލްޓީ އިސްމާއިލް ފަައުޒީ ވަނީ ގޯލްގެ ތެރެއަށް ވައްދާލާފައެވެ. މި ނަތީޖާއާއެކު ގްރޫޕް ބީ ގައި
ހުސްސޮގުން ޓީމުން ކުޅުނު 2 މެޗްވެސް ކާމިޔާބުކޮށް ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި މިހާރު ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ. ގްރޫޕް ބީ އިން ސެމީ އަށް ދާނެ 2 ވަނަ ޓީމެއް ކަށަވަރު ވާނީ މާދަމާ ހަވީރު ވެލާ ސިޓީ އާއި ޑައުންޓައުން ބައްދަލުކުރާ މެޗު ނިމުމުންނެވެ.

މިއަދު ހަވީރުވެސް ވަނީ މި މުބާރާތުގައި ފޯރި ގަދަ މެޗެއް ކުޅެފައެވެ. މި މެޗްގައި ބައްދަލުކުރީ ޗެންޕިއަން އެމް.އޭ ޔުނައިޓެޑް އަދި ޔުނައިޓެޑް ވީއެވެ. މި މެޗް ނިމުނީ 0-0 ގެ ނަތީޖާއަކުން 2 ޓީމް އެއްވަރުވެގެންނެވެ. އެހެންނަމަވެސް ގޯލްގެ ތަފާތުން ސެމީ އަށް ދަތުރުކުރީ ޔުނައިޓެޑް ވީއެވެ.

މެޗައް ފަހު އެމް.އޭ ޔުނައިޓެޑްގެ ހުސައިން ޝިހުބާން ހަމަނުޖެހުން ހިންގަން އުޅުމުން އެކަން ހުއްޓުވަނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މެޗަށްފަހު އެމް.އޭ ޔުނައިޓެޑްގެ ހުސައިން ޝިހުބާން ވަނީ 2 ފަހަރެއްގެ މަތިން ދަނޑުގައި ހަމަނުޖެހުން ހިންގާފައެވެ. މި ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައިވަނީ ދަނޑުގެ ސެކިއުރިޓީ ބަލައްހައްޓަން ތިބި ފުލުހުންނާއި އެމް.އޭ ޔުނައިޓެޑްގެ އޮފިޝަލުންގެ އިތުރުން އާންމުންގެ އެހީތެރިކަމާވެސް އެކުގައެވެ.

މި މުބާާރާތުގައި މާދަމާ ހެނދުނު އޮންނަ މެޗްގައި ބައްދަލުކުރާނީ އިރުމަށްޗައް ނިސްބަތްވާ 2 ޓީމް ކަމަށްވާ އެންޖޯއި ފްރެންޑްސް އާއި ސައިނޯސާ އެވެ. ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ވެލާ ސިޓީ އާއި ޑައުންޓައުންއެވެ.

މި މުބާރާތުގެ މިއަހަރުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް (އިޓީ) އެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.